މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

ގާސިމް: ރައްޔިތުންނާއި ދައުލަތާއި ދިވެހި ސަރުކާރާއި އިސްލާމްދީނަށް ވަފާތެރި ވާނަން. ރައްޔިތުންނަށް ނާއުއްމީދު ވާ ގޮތަށް ކަންތައްތަކެއް ނުކުރަން މަސައްކަތް ކުރާނަން.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

ގާސިމް މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކަށް، 62 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކުރި ގާސިމަކީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ފުރުއްވާފައިވާ ބޭފުޅެއް. އޭނާ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 18 އަހަރު ވަނީ ވެފައި.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރުމުގެ ޖަލްސާ ނިންމާލައިފި.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

މަޖިލީހުގެ ރައީސް ކަމަށް ގާސިމް އައްޔަން ކުރި ކަން ރިޔާސަތުން އިއުލާން ކުރުމާ އެކު މެމްބަރުން އަތްތިލަބަޑި ޖައްސަވަން ފެއްޓެވި. ގާސިމްގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިނިތުންވުން

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

މަޖިލީހުގެ ރައީސްކަމަށް ގާސިމް ހޮވައިފި. ލިބިވަޑައިގަތީ 62 ވޯޓު. އަދުރޭ އަށް 16 ވޯޓު. އަދި ބާތިލްވީ ދެ ވޯޓު.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

ވޮޓު ގުނައި ނިމިއްޖެ.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

ވޯޓު ލެއްވީ 80 މެމްބަރުން. ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ޓަކައި ފަސް މެމްބަރުންގެ ކޮމެޓީ ވޯޓު ގުނާ މޭޒަށް ވަޑައިގެންފި

ހުރިހާ މެމްބަރުން ވޯޓު ލައި ނިމިއްޖެ.

ވޯޓު ލާން ފަށައިފި، ކޮންމެ މެމްބަރެއްގެ ނަން ރިޔާސަތުގެ މޭޒުން ގޮވާލުމާ އެކު އެ މެމްބަރަކު ވަޑައިގެން ވަކިން ހުންނަ މޭޒެއް ކައިރިއަށް ވަޑައިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖައްސަވައި ވޯޓު ފޮއްޓަށް ވައްޓާލައްވާ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ވޯޓަށް އަހަން ތައްޔާރުވެއްޖެ

ވޯޓު ލުމުގެ ކަންތައްތައް ކުރިއަށް ނުގޮސް މި ވަގުތު އޮތީ ވޯޓު ކަރުދާސްތައް ޗާޕް ކުރަމުން ދާތީ. ވޯޓު ކަރުދާސްތައް ޗާޕް ކުރަނީ ދެ ކެނޑިޑޭޓުންގެ ނަން ޖަހައިގެން.

މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހަޅުއްވައިފި. އަދި އެ ނަމަށް ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހު

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހު ހުށަހަޅުއްވައިފި. އެ ނަމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް

ހަތްދިހަ ނުވަ މެމްބަރުންގެ އިއްތިފާގުން ކޮމެޓީ ފާސްކޮށްފި

ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ އަހުމަދު ނިހާން އާއި، މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް، ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް، ކެނދިކުޅުދޫ ދާއިރާގެ އަލީ މައުރޫފު އަދި މަކުނުދޫ ދާއިރާގެ އަނާރާ ނައީމް

ކޮމެޓީ އެކުލަން ޖެހެނީ، ގަވައިދު ބުނާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރާ ގޮތުން ސިޔާސީ ހުރިހާ ޕާޓީއެއް ވެސް ހިމެނޭ ގޮތަށް.

ވިލުފުށީ ދާއިރާގެ މެމްބަރުން ރިޔާޒް ރަޝީދު ފަސް މެމްބަރުންގެ ކޮމެޓީއެއް ހުށަހަޅުއްވައިފި. އަދި މީދު ދާއިރާގެ ރޮޒެއިނާ އާދަމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފި.

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު. ފަސް މެމްބަރުންގެ ކޮމެޓީ އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 47 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ ޖަލްސާ ދެންމެ ފަށައިފި އެވެ.

މަޖިލީހުގެ ރައީސްކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހަށް ރައީސަކު އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ބާއްވާ ސިއްރު ވޯޓަކުންނެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުން ނަން ހުށަހަޅުއްވާނީ އެކަމަށް ހާއްސަކޮށް ބާއްވާ މަޖިލީހުގެ ޖަލްސާ އަށެވެ. އިންތިހާބު ކުރިއަށް ގެންދާނީ މަޖިލީހުން ހޮވާ ފަސް މެމްބަރުނންގެ ކޮމެޓީއަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު ކޯލިޝަންގަ އެވެ. އެ ކޯލިޝަނުން ނިންމާފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވުމަށެވެ.