ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު
ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއި އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދަކީ ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއް ކަމަށާއި، އެ ދަރަނި އަދާކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު
ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެއަށް ވަޑައިގެން އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން އެ ދަރަނި އަދާކުރާނެ ކަމަށެވެ.

ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު
ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު

"އަޅުގަނޑާއި އަދި ގުޅިގައިވާ ޕާޓީތަކުގެ އެންމެހާ ސިޔާސީ ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް އިބުރާހީމް މުހައްމަދު ސޯލިހު، އަޅުގަނޑުމެން އެންމެން މިވަނީ ތިޔަބޭފުޅުންނަށް ދަރާފައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ދިނުމަކީ އަދާކުރަން ޖެހޭ ދަރަންޏެއް ކަމަށެވެ.

"އެ ދަރަނި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދާކޮށްދޭނެ. އަޅުގަނޑުމެން މިމަސައްކަތުގައި އަބަދުވެސް ދެމި މި ތިބެނީ އެކަމަށްޓަކައި، ތިޔަ ބޭފުޅުންގެ ހިދުމަތުގައި،"

ވިދާޅުވާ ކޮންމެ ވާހަކަފުޅަކާ އެކު ސަޕޯޓަރުންގެ ތާއީދުގެ އަޑު ގުގުމަމުން ދިޔައިރު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ވެފައިވާ މައިގަނޑު ވައުދުތައް ތަކުރާރު ކުރައްވައިފަ އެވެ. ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގައި އެންމެ ފާހަގަވާ ގޮތަށް ލިޔެފައިވާ ހައްގުތަކަކީ ރީތި ދިރިއުޅުމެއް އުޅުމުގެ ހައްގު ކަމަށެވެ. އެގޮތުން ރީތި ދިރިއުޅުމެއް އުޅުމުގެ ހައްގު ކަށަވަރުވުމަކީ ކޮބައިކަން ވެސް ބަޔާން ކުރެއްވި އެވެ. އެގޮތުން ތަކުރާރު ކުރެއްވީ ރީތި ދިރިއުޅުމެއްގެ ގޮތުގައި އެމަނިކުފާނު ކުރިއްސުރެ ވިދާޅުވާ ވާހަކަފުޅެކެވެ.

"ތިމަންނަޔާ ތިމަންނަގެ އާއިލާޔާ، ތިމަންނާމެންނަކީ ތިމަންނާމެންގެ އަމިއްލަ ގެދޮރުގައި ރަނގަޅު ވަޒީފާއެއް އަދާކޮށް ތަނަވަސް އާމްދަނީއެއް ލިބި ފަހުރުވެރިކަމާ އެކީގައި ދިރިއުޅޭ ފަހުރުވެރި ދިވެހި އާއިލާއެކޭ ބުނެވޭނެ ހައްގު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި އިބޫގެ ވެރިކަން ދެމެހެއްޓުމަށް، ވިންދު ހުރިހާ ހިނދަކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަނިޔާވެރިކަމާއި ވައްކަމާއި ޚިޔާނާނަށް ނޫނެކޭ ބުނެ، ސެޕްޓެމްބަރު 23ގެ ރިޔާސީ އިންތިޚާބުގައި ދިވެހިން ދުނިޔެއަށް ނަމޫނާ ދައްކާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަމާންކަމުގެ އައްސޭރިއަށް ގައުމު ގެންގޮސްދިނީ ދިވެހި ރައްޔިތުން ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހަރު އަޑުން، ރައީސް އިބޫ، ރައީސް އިބޫއޭ ވިދާޅުވަމުން ނިންމަވާލެއްވި ކުރު ތަގުރީރުގައި ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ދިވެހިރާއްޖެއެއް ހޯދައިދެއްވާނެ ކަމަށެވެ.