01 ނޮވެމްބަރ 2018 - 15:11

ދަރިވަރުންނަށް ހާއްސަކޮށްގެން ކޮޕިއަ ޕްލަސް އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ކޮޕީ މެޝިނާއި ޕްރިންޓަރު ފަަދަ ސާމާނު ވިއްކާ ކޮޕިއަ ޕްލަސް އިން ބުނީ މި ޕްރޮމޯޝަންގައި ދަރިވަރުންނަށް ބޭނުންވާ ޕްރިންޓަރު ފަދަ ތަކެތީގެ އަގު ހެޔޮވާނެ ކަމަށެވެ.
އެ ތަނުން ބުނި ގޮތުގައި ބްރަދާގެ އޯލް އިން ވަން ޕްރިންޓަ ސިސްޓަމަކީ ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ފަސޭހަ އެއްޗެކެވެ. އޭގެ ސިސްޓަމެއްގެ އަގަކީ 2،650 ރުފިޔާ އަށް ކަމަށް ވިޔަަސް މި ހާއްސަ ޕްރޮމޯޝަންގައި 1،995 ރުފިޔާ އަށް ވަނީ އަގު ތިރިކޮށްފަ އެވެ.
ބްރަދާ ކުންފުނީގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރު ކަމަށްވާ ކޮޕިއަ ޕްލަސް އިން ބުނީ އޭގެ ޕްރިންޓަރުގެ ކާޓްރިޖް ފަސޭހައިން ރީފިލް ކުރެވޭނެ ކަމަށެވެ. އޭގެ ޕްރިންޓަރެއްގެ އެއް ކާޓުރިޖުން އަހަރެއްގެ ތެރޭގައި އާދައިގެ 6،000 ޕްރިންޓް އަދި ކުލަކޮށް ނަމަ 5،000 ޕްރިންޓް ނެގޭނެ ކަމަށް ވެސް ކޮޕިއަ ޕްލަސް އިން ބުންޏެވެ.
ކާޓްރިޖް ރީފިލްކުރާ ފުޅި ވެސް ކޮޕިއަ ޕްލަސް އިން ވިއްކަ އެވެ.
އެތަނުގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަންގެ އެއް މަގުސަދަކީ ގިނަ ދުވަހަށް ބޭނުންކުރެވޭ ކާޓްރިޖް ހިމެނޭ ޕްރިންޓަރެއް ހެޔޮ އަގުގައި ރަށްރަށުގެ ދަރިވަރުންނަށް ލިބޭނެ ފުރުސަތު ވެސް ތަނަވަސްކޮށްދިނުމެވެ.
އޭގެ އިތުރުން ގޭގައި ގެންގުޅެން ހާއްސަކޮށްގެން ހަދާފައިވާ ބުރަދާ ކުންފުނީގެ ލޭބަލް މޭކާ މަރުކާގެ ޕްރިންޓަރުގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފަ އެވެ. ބަދިގޭގައި ގެންގުޅޭ ސާމާނާއި ސްކޫލް ފޮތްތަކުގައި ވޯޓާ ޕްރޫޕްކޮށް އެކި ވައްތަރުގެ ލޭބަލްތައް މި ޕްރިންޓަރުން ޕްރިންޓްކުރެވެ އެވެ. ޕްރޮމޯޝަންގެ ދަށުން އޭގެ ޕްރިންޓަރެއްގެ އަގަކީ 1،390 ރުފިޔާ އެވެ.