ދީނަށް ފުރައްސާރަ ކުރި މީހާ ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން
ދީނަށް ފުރައްސާރަ ކުރި މީހާ ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން

އިސްލާމްއާބާދު (އޮކްޓޯބަރު 31) - އިސްލާމްދީނަށް ފުރައްސާރަ ކުރިކަމުގެ ކުށުގައި މަރަން ހުކުމްކޮށްފައި ހުރި ކްރިސްޓިއަން އަންހެނެއް ކަމަށްވާ އާސިއާ ބީބީ ސުޕްރީމް ކޯޓުން ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން ބޮޑުވެއްޖެ އެވެ.

ދީނަށް ފުރައްސާރަ ކުރި މީހާ ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން
ދީނަށް ފުރައްސާރަ ކުރި މީހާ ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން

ބީބީ ސަލާމަތްވީ އޭނާގެ އަދަބު ތަންފީޒް ކުރަން ހަރުކަށި ޖަމާއަތްތަކުން ގޮވާލަމުން ދަނިކޮށެވެ. އުއްތަމަ ފަނޑިޔާރު ސާގިބް ނިސާރު ވަނީ ބީބީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. ބީބީ މިނިވަންވެފައި މިވަނީ މަރަން ހުކުރުމަށް ފަހު ބަންދުގައި ހުންނަތާ ނުވަ އަހަރު ފަހުންނެވެ.

ދީނަށް ފުރައްސާރަ ކުރި މީހާ ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން
ދީނަށް ފުރައްސާރަ ކުރި މީހާ ސަލާމަތްވުމުން ޕާކިސްތާނުގައި ހަމަނުޖެހުން

ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ހަރުކަށި ޖަމާއަތްތަކުން ވެސް ހުކުމަށް އިހްތިރާމްކޮށް ހަމަޖެހުން ގާއިމް ކުރުމަށް ގޮވާލައްވައިފަ އެވެ.

ޕާކިސްތާނުގެ މެދުތެރޭ ސަރަހައްދަކަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ބީބީ ކީރިތި ރަސޫލާ އާއި ކީރިތި ގުރުއާނަށް ފުރައްސާރަކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ ދަށު ކޯޓުން މަރަން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 2010 ގަ އެވެ. އޭގެ ހަތަރު އަހަރު ފަހުން ލާހޯރުގެ ހައި ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމާފައި ވަނީ ބީބީގެ ތަހުގީގާއި ޝަރީއަތް ހިންގާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ވަނީ ކަރާޗީ، ލާހޯރު، ޕިޝާވަރު އަދި މުލްތާންގައި ހަމަނުޖެހުން ހިންގަން ފަށައިފަ އެވެ. ސުޕްރީމް ކޯޓު ހުންނަ އިސްލާމްއާބާދުގެ ރެޑް ޒޯނުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.