ރަނިލްގެ ސަޕޯޓަރުން ނުކުމެ މަގުތައް ފުރާލައިފި
ރަނިލްގެ ސަޕޯޓަރުން ނުކުމެ މަގުތައް ފުރާލައިފި

ކޮލަމްބޯ (އޮކްޓޯބަރު 30) - މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ތާއިދުކުރާ އެތައް ހާސް ބަޔަކު ނުކުމެ ކޮލަމްބޯގެ މަގުތައް މިއަދު ފުރާލައިފި އެވެ.

ރަނިލްގެ ސަޕޯޓަރުން ނުކުމެ މަގުތައް ފުރާލައިފި
ރަނިލްގެ ސަޕޯޓަރުން ނުކުމެ މަގުތައް ފުރާލައިފި

ހުކުރު ދުވަހަށް ފަހު ރަނިލް މިއަދު ވަނީ ފުރަތަމަ ފަހަރަށް ބޮޑު ވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގެންފަ އެވެ. ރަނިލްގެ ޕާޓީން ބުނީ އެއްވުމުގައި 100،000 މީހުން މަގުތަކަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެއްވުމަށް ނުކުމެފައި ވަނީ ގާތްގަނޑަކަށް 25،000 މީހުން ކަމަށެވެ.

ރަނިލްގެ ސަޕޯޓަރުން ނުކުމެ މަގުތައް ފުރާލައިފި
ރަނިލްގެ ސަޕޯޓަރުން ނުކުމެ މަގުތައް ފުރާލައިފި

"ބޮޑު ވަޒީރު މަގާމުން ދުރުކުރުމާ އަހަރެމެން އެންމެން ވެސް ދެކޮޅު. ރައްޔިތުން ސިރިސޭނާ އަށް ވޯޓު ދިނީ މި ގޮތަށް ކަންތައް ކުރާކަށް ނޫން،" ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ރަނިލް ވިދާޅުވި އެވެ. "ރައީސް އެ ކުރެއްވި ކަންތަކާ އަހަރެމެން ދެކޮޅު ހަދާނަން."

މުޒާހަރާ ކުރިއަށް ގެންދިޔައީ ސުލްހަވެރިކަމާ އެކު އެވެ. މުޒާހަރާ ކުރިއަށް ދިޔަ އިރު ޕޮލިހާއި ސްޕެޝަލް ޓާސްކް ފޯހުގެ 2،600 މީހުން ސަލާމަތީ ކަންކަން ބަލަހައްޓަން ނުކުމެ ތިއްބެވެ.

ބޮޑު ވަޒީރުކަމުން ރަނިލް ދުރުކުރުމަށް ފަހު ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ހުއްޓުވާލައިފަ އެވެ. ބޮޑު ވަޒީރަކަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ވަނީ ކެބިނެޓް އެކުލަވާލައި ސަރުކާރު ހިންގުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.