ކުޑަ ޖާގައަކަށް، ހުރިހާ މުހުތާދެއް ފުދޭ ކޮމްޕިޔުޓަރެއް
ކުޑަ ޖާގައަކަށް، ހުރިހާ މުހުތާދެއް ފުދޭ ކޮމްޕިޔުޓަރެއް

ކޮމްޕިޔުޓަރުން އެކި މަސައްކަތްތައްކުރާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑެސްކްޓޮޕް ކޮމްޕިޔުޓަރު ގެންގުޅެން ނަގާ ޖާގައެވެ. ކުދި ތަންތަންކޮޅުގައި ކޮމްޕިޔުޓަރު ގެންގުޅުނަސް ކީބޯޑާއި މައުސް އާއި ސީޕީޔޫ ވެސް ބަހައްޓަންޖެހެއެވެ. އެކަމަކު އަސުސް ކޮމްޕިޔުޓަރު ކުންފުނިން މިހާރު ބާޒާރަށް ނެރެން ތައްޔާރުކޮށްފައިވާ ކޮމްޕިޔުޓަރަކީ ހުރިހާ ކަމެއް އެއް މޮނީޓަރަކާއި ބުޑުގަނޑަކުން ފުއްދާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

ކުޑަ ޖާގައަކަށް، ހުރިހާ މުހުތާދެއް ފުދޭ ކޮމްޕިޔުޓަރެއް
ކުޑަ ޖާގައަކަށް، ހުރިހާ މުހުތާދެއް ފުދޭ ކޮމްޕިޔުޓަރެއް

ޒެން އޭއައިއޯ 27 އަކީ ޑެސްކްޓޮޕް ކޮމްޕިޔުޓަރުގެ ހުރިހާ ސާމާނެއް، ހަމައެކަނި މޮނީޓަރަކަށް ފައްތާލާފައިވާ ސިސްޓަމެކެވެ. މީގެ ސްކްރީނަކީ 27 އިންޗީގެ ނެނޯއެޖް މަލްޓިޓަޗް ޑިސްޕްލޭއެކެވެ. މީގެ ރިޒޮލިޔުޝަންގައި ހުންނަނީ 3840x2160 އެވެ. ސްކްރީނަށްވުރެ ތަންކޮޅެއް މަތިން ހަރުކޮށްފައިވާ ވެބްކެމްއަކީ 720 ޕިކްސަލްގެ ކެމެރާއެކެވެ. މި ކެމެރާގައި މޫނު ދެނެގަނެގެން ލޮގް އިން ވުމުގެ ގާބިލްކަން ހުރެއެވެ.

ބުޑުގަނޑަކާއި ސްކްރީނެއްގެ މައްޗަށް އެކުލެވޭ އަސުސްގެ މި އާ ކޮމްޕިޔުޓަރުގެ ބުޑަކީ ވަރަށް ގިނަ ސާމާނު ރައްކާކޮށްފައިވާ މުހިއްމު ޚަޒާނާއެކެވެ. އެތަނުގެ މަތީގައި ބާއްވައިގެން ފޯނު ޗާޖުވެސް ކުރެވޭނެއެވެ. މި ވިންޑޯޒް 10 ޕްރޯ ސިސްޓަމް ފުރިހަމަވެފައިވަނީ 8ވަނަ ޖީލުގެ ކޯ އައި7 – 8700ޓީގެ ޕްރޮސެސަސަރަކުންނެވެ. ރެމްގައި 16ޖީބީ ހިމެނެއެވެ. މީގެ އިތުރުން ސްޓޯރޭޖްގައި 2 ޓެރަބައިޓްގެ އެޗްޑީޑީއަކާއި 1 ޓެރަބައިޓްގެ އެސްއެސްޑީއެއް ހިމެނެއެވެ. އަދި ނުވިތާކަށް އަޑުން އިރުޝާދުދެވޭ ގޮތަށް އެލެކްސާ އަޅާފައިވެއެވެ. ބުޑުގަނޑުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ބުޑުގަނޑު ހުޅުވައިގެން މައްސަލަ ހައްލުކުރުމުގެ ފަހި ފުރުސަތު ވެސް މި ކޮމްޕިޔުޓަރު ސިސްޓަމްގައިވެއެވެ.

އަސުސް ޒެން އޭއައިއޯ 27 ވިއްކަން ހުންނަނީ 27 އިންޗީގެ މޮނީޓަރާއި، ވަޔަލަސް ކީބޯޑާއި މައުސްއަކާ އެކުގައެވެ. މީގެ އަގަކީ 1،999 އެމެރިކާ ޑޮލަރެވެ.