31 އޮކްޓޯބަރ 2018 - 09:37

ދިވެހިންނަށް ހާއްސަ އެކި ޑިޒައިންތަކުގެ ކޮލިޓީ ބެޑްޝީޓް ހެޔޮ އަގުގައި ފޯރުކޮށްދޭ "އެލްސާ ބެޑިން" އިން މާދަމާ ހާއްސަ ޕްރޮމޯޝަނެއް ފަށާނެ ކަމަށް އެތަނުން ބުނެފި އެވެ.

މާދަމާއިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކުރިން 1،500ރ. އަށް އަށް ވިއްކި ސެޓް 1،000ރ. ލިބެން ހުންނާނެއެވެ. މިއީ އެލްސާ ބެޑިން އިން މިހާތަނަށް ދޭ އެންމެ ބޮޑު ޑިސްކައުންޓެވެ.

އެލްސާ ބެޑިންގް އަކީ 2004 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ފެށި އޮންލައިން ވިޔަފާރިއެކެވެ. ފުރަތަމަ އަހަރު ހުޅުވި ފިހާރައިން ބެޑްޝީޓް ސެޓް އެކަނި ލިބެން ހުރި ނަމަވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މާލޭގައި އެލްސާ ބެޑިންގެ ގެ ތިން ފިހާރަ ހުޅުވައި އެ ހުރިހާ ތަނަކުން ވެސް ބެޑިންގެ "ޓޯޓަލް ސޮލިއުޝަން" ލިބޭ ގޮތަށް ވަނީ ވިޔަފާރި ފުޅާކޮށްފަ އެވެ.
އެލްސާ ބެޑިން އަކީ، ދިވެހިން ބޭނުންކުރާ ހުރިހާ ސައިޒެއްގެ އެނދަކަށް އަދި ހާއްސަކޮށް ހުރިހާ ބޯމިނެއްގެ ގޮދަޑިތަކަށް ފިޓުވާ ގޮތަށް ކަނަށް ރަބަރު ލައްވައިގެން ތައްޔާރު ކޮށްފައިވާ ސެޓްތަކެކެވެ. ބެޑިން ސެޓުގެ އިތުރުން ތިން ފިހާރައިން ވެސް އެންޓި ޑަސްޓްމައިޓް ބާލީސް، ކުއިލްޓް، ވޯޓަ ޕުރޫފް ޕިލޯ ޕްރޮޓެކްޓަ، ވޯޓަ ޕުރޫފްމެޓްރެސް ޕްރޮޓެކްޓަ، ބާލީހު އުރަ އާއި ކަންނެޔޮ އުރަ އަދި ކުއިލްޓް ކަވަރު ވެސް ވަކިން ލިބެން ހުންނާނެއެވެ. އަދި ހާއްސަކޮށް ގެސްޓް ހައުސްތަކަށް ބޭނުންވާ ޕްރީމިއަމް ކޮލިޓީގެ ބެޑިން ސެޓްގެ އިތުރުން އެކި ވައްތަރުގެ ތުވާލި ވެސް ލިބެން ހުންނާނެ ކަމަށް އެލްސާ އިންވެސްޓްމަންޓްގެ ޑިރްކެޓަރު ޝަހާމާ އަހުމަދު މައުލޫމާތު ދެއްވިއެވެ.
އެލްސާ ބެޑިންގެ ތިން ފިހާރައިގައި 50 އަށް ވުރެ ގިނަ ޑިޒައިންގެ 100 ޕަސެންޓުގެ ކޮޓަން ބެޑްޝީޓް ލިބެން ހުރި އިރު، ހުރިހާ ބެޑްޝީޓެއްގެ ތްރެޑް ކައުންޓް 450 އަށްވުރެ ދަށްނުވާނެ ކަމުގެ ޔަގީންކަން އެ ތަނުން ދެ އެވެ.
ރަށްދެބައި މަގުގައި ހުންނަ ބެޑިން ފިއެސްޓަ އަކީ އެލްސާ ބެޑިންގެ އެންމެ ފުރަތަމަ ފިހާރަ އެވެ. އަދި ޕްރޮޑަކްޓް ރޭންޖް އިތުރުކޮށް އެލްސާ ބެޑިންގެ ނަމުގައި ހުޅުވި ދެ ވަނަ ފިހާރަ ހުންނާނީ މައްޗަގޮޅި އިސްކަންދަރު މަގު ބޯޅަ ޖެހި ސްޓޯރު ކައިރީގައެވެ. އެންމެ ފަހުން ހުޅުވި އެލްސާ ބެޑިންގެ ފިހާރަ ހުންނަނީ ގަލޮޅު ކަޅުހުރާ މަގު ޕިއްޒާ މިއާ ކައިރީގައެވެ.
އެލްސާ ބެޑިން އިން ބުނިގޮތުގައި އެތަނުން އަބަދުވެސް ބޭނުންވަނީ ރީތި ޑިޒައިންތަކުގެ ކޮލިޓީ ބެޑްޝީޓު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. އަދީ އާ ޑިޒައިންތައް ވީހާ ވެސް ގިނައިން ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.
ބޭރުން އޯޑަރު ދީގެން، ދިވެހިން ބޭނުންވާގޮތަށް، ހަތަރު ބާލިހު އުރަ އާއި ކަންނެޔޮ އުރަ އަދި ކުއިލްޓް ކަވަރުގެ އިތުރުން ކަނަށް ރަބަރު ލައްވައިގެން ތައްޔާރު ކޮށްގެން ގެނެސްފައި ހުންނަ ސެޓު ކަސްޓަމަރުންނަށް ލިބެން ހުރުމަކީ އެލްސާ ބެޑިން އިން އުފަލާ އެކު ފާހަގަކުރާ ކަމެކެވެ.
އެލްސާ ބެޑިން އަކީ ކޮންމެ އީދަކަށް އަދި ރޯދަމަހަށް ވެސް ޚާއްސަ ޕްރޮމޯޝަންތައް ބާއްވަ އެވެ. އެތަނުގެ އިވެންޓްތަކާއި ޕޮރޮމޯޝަންތަކަށް ލިބޭ ތަރުހީބު ރަނގަޅުކަން ފާހަގަކުރި އެވެ.