އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާ އެކު ސާއިދު ފުރަތަމަ ބުރަށް ހޮވިއްޖެ
އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާ އެކު ސާއިދު ފުރަތަމަ ބުރަށް ހޮވިއްޖެ

އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ވަނަ ބޮޑު ތަފާތަކާ އެކު ހޯދައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ބުރުން ޖާގަ ހޯދައިފި އެވެ.

އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާ އެކު ސާއިދު ފުރަތަމަ ބުރަށް ހޮވިއްޖެ
އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާ އެކު ސާއިދު ފުރަތަމަ ބުރަށް ހޮވިއްޖެ

ޕްރިލިމިނަރީ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ތެރެއިން އެންމެ ބާރު ދުވުންތެރިޔަކީ ސާއިދެވެ. އެހެންކަމުން، ސާއިދު ފުރަތަމަ ބުރަށް ދަތުރުކުރީ، ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ދުވުންތެރިޔާގެ ގޮތުގަ އެވެ.

މިއަދުގެ ރޭސް 10:43 ސިކުންތުން ސާއިދު ނިންމި އިރު، އޭނާ ވަނީ 50 މީޓަރާ ހަމައިން ނެގި ލީޑާ އެކު، ރޭސް ނިންމީ ބޮޑު ތަފާތަކާ އެކު ކުރީގައި އޮވެގެންނެވެ. މިއާ އެކު ސާއިދު ވެފައިވަނީ އޮލިމްޕިކްސްގެ ބުރެއް ނުވަތަ ހީޓެއްގެ އެއް ވަނަ ހޯދި ފުރަތަމަ ދިވެހި އެތުލީޓަށެެވެ.

އަދި ސާއިދަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދެ ވަނަ އެތުލީޓަށެވެ. އެ ޝަރަފް މީގެ ކުރިން ހޯދާފައިވަނީ، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ޖާގަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އެވެ.

ފުރަތަމަ ބުރުގައި ސާއިދު ވާދަކުރާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރެވެ. ފުރަތަމަ ބުރުގައި ވާދަކުރާނީ ޕްރިލިމިނަރީ ބުރުގެ އެންމެ ސްޕީޑް ބާރު ހަ ދުވުންތެރިންނާއި އޮލިމްޕިކްސް އަށް ކޮލިފައިވެފައިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ދުވުންތެރިންނެވެ. ފުރަތަމަ ބުރަށް ފަހު ކުރި ހޯދާ އެތުލީޓުން ސެމީ ފައިނަލަށް ހޮވޭއިރު ސެމީ އާއި ފައިނަލް އޮންނާނީ ހޯމަ ދުވަހުގެރެ އެވެ.

ސާއިދުގެ ފަހަތުން ހީޓުގެ ދެ ވަނަ ހޯދައި އަނެއް ބުރަށް ދެން ކޮލިފައިވީ 10.76 ސިކުންތުން ރޭސް ނިންމި ޓޮންގާގެ ސިއުއެނީ ފިލްމޯނޭ އެވެ. ތިން ވަނަ އަށް ދިޔައީ 11.04 ސިކުންތުން ރޭސް ނިންމި މޯލްޓާގެ ލޫކް ބެޒިނާ އެވެ.

ޕްރިލިމިނަރީ ބުރުގެ ތިން ހީޓުގެ އެންމެ ބާރު ހަ ދުވުންތެރިން:

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދު މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދިއިރު އޭނާ ވެފައިވަނީ، އެތުލެޓިކްސް އަދި ކުޅިވަރު ގޭމްސްއަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ހަމައެކަނި ދުވުންތެރިޔާ އަށެވެ. މީގެ އިތުރުން އޭނާ ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ