އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެންފައިބާ މައްސަލަ ހައްލެއް ނުވި!
އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެންފައިބާ މައްސަލަ ހައްލެއް ނުވި!

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެން ފައިބާ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފި އެވެ.

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެންފައިބާ މައްސަލަ ހައްލެއް ނުވި!
އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެންފައިބާ މައްސަލަ ހައްލެއް ނުވި!

ވާރޭވެހޭ ދުވަސްތަކުގައި އެ ތަނަށް ފެން ފައިބާތީ، އެކަން ހައްލުކުރަނީ ފެން ފައިބާ ދިމާތަކުގައި ބާލިދީ ބަހައްޓައިގެންނެވެ. ފުރާޅުން ބައެއް ހަލާކުވެ ނަމާދު ކުރާ ބަޔަށް ފެން ފައިބާ މައްސަލައިގެ ޝަކުވާ އެ ތަނުގެ މުވައްޒަފުން ވެސް ކުރާތާ އެތައް އަހަރެއްވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެންފައިބާ މައްސަލަ ހައްލެއް ނުވި!
އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ފެންފައިބާ މައްސަލަ ހައްލެއް ނުވި!

"މިއީ، ހައްލު ނުވި ކަމެއް. ފެން ފޭބުން ހައްލުކުރުމަށް، ދަވާދު ފޮތިގަނޑުތައް [ފުރާޅާއި ޝީޓުމަތީގައި] މަތިމަތިން އަޅާފައި ވެސް ހުންނާނެ. އެ ވަރަކުން ނުހިފަހައްޓާ، ހޯސް ލާފައި ހުރިހާ ފެންތަކެއް ފައިބަނީ އެތެރެ އަށް،" މިސްކިތް ބަލަހައްޓާ މީހަކު ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި، އެ މައްސަލަ އޮތީ އިސްލާމިކް މިނިސްޓްރީގައި އެކި ދުވަސްވަރު ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ސަމާލުކަމަށް ތަކުރާރުކޮށް ގެންގޮސްފަ އެވެ. އެ ބޭފުޅުން ވެސް އަމިއްލަފުޅަށް އެ ތަން ބައްލަވާލައްވައި، ޓިނު ގެންނަން، މިން އަޅައި ހެއްދެވި ކަމަށްވެ އެވެ.

ކޮންމެ ފަހަރަކު ވެސް އެކަން ހައްލު ނުވެ ދިގުލައިގެންދާ ސަބަބެއް ކަަމަށް ދައްކަނީ، އެ ތަނުގައި ޖަހާފައި ހުރި ޓިނަކީ ބޭރުން ގެންނަން ޖެހޭ އެއްޗަކަށް ވުމެވެ. އެލްމިނިއަމް އެ ޓިނު ރާއްޖެ އިން ލިބެން ނެތުމެވެ.

"ވަކި އުސްމިނަކަށް ހައްދައިގެން ގެންނަން ޖެހޭ ޓިނެއް އެއީ. އެ ޓިނު ނުލިބިގެން، މައްސަލަ ހައްލުނުވެ މިވަނީ،" މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

ރޭ ދަންވަރުން ފެށިގެން މާލެ އަށް ބޯކޮށް ވާރޭ ވެހެމުންދާ އިރު، އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގެ އެކި ތަންތަނުގައި މިހާރު ވެސް ހުރީ ބާލިދީ ބަހައްޓައިފަ އެވެ. އެ ގޮތުން މަރުކަޒުގެ މެދުގައި ދޫލަ އަޅާފައި އޮންނަ ބައިގައި ވެސް ބާލިދީތައް ބަހައްޓާފައި އެބަ ހުއްޓެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.