28 އޮކްޓޯބަރ 2018 - 15:27

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހަކީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ.
ކޮމެޓީން މި ގޮތަށް ފާސްކުރި ނަމަވެސް އެއާ މެދު ގޮތެއް ނިންމާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ މަޖިލީހުގެ ޚާއްސަ ޖަލްސާގަ އެވެ.
އިބޫ، ހުވާ ކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް ފާސްކުރީ އިދިކޮޅު ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. މި ކޮމެޓީގެ ޗެއާމަނަކީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ޓްރާންސިޝަން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޝާހިދެވެ.