ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރަވީނާ ޓަންޑަންއަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި އެއް ބަތަލާ އެވެ. އޭނާ ކައިވެނިކޮށް، ދަރިން ލިބުނު ފަހުން ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުވި ނަމަވެސް، އަދިވެސް ދޭތެރެ ދޭތެރެއިން ފިލްމު ކުޅެއެވެ.

އަމިއްލަ ދެ ދަރިންގެ އިތުރުން އެޑަޕްޓް ކުރި ދެ ދަރިން ވެސް ތިބި ރަވީނާ ފިލްމީ ތަރިއަކަށް ވިޔަސް، އޭނާގެ ކުދިން މިހާ ތަނަށް ތިބީ މީޑިއާތަކަށް ވަރަށް ދުރުގަ އެވެ. ފިލްމީ ވިޔަފާރީގެ ތެރޭގައި އުޅޭ އަނިލް ތަންޑާނީއާ އާއި ރަވީނާ އަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ރަޝާ، 13 މިހާރު ވަނީ އޭނާގެ ހުނަރު ދައްލައިނަ ފަށައިފަ އެވެ.

މަންމަ ބަތަލާއަކަށް ވިޔަސް ރަޝާ ފަހަރުގައި ފިލްމީ ތަރިއަކަށް ނުވެދާނެ އެވެ. މިއޮތީ އޭގެ ހެއްކަކަށް ވެދާނެ އެވެ. ޕިންކްވިލާގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއްގައި ފެންނަނީ ރަޝާ ލަވަ ކިޔާ ތަނެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ބުނަނީ ރަޝާ ވާނީ ލަވަކިޔުންތެރިކަށް ކަމަށެވެ. އަދި ހުށަހަޅައިދޭ އިނގިރޭސި ލަވަ އަޑު އަހައިލުމުން، ލަވަ ކިޔުމުގެ ހުނަރު ހުރިކަން އެނގޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި ރަވީނާގެ އާއިލާގެ ތެރެއިން ލަވަކިޔުންތެރިއެއް ވެސް ބޮލީވުޑަށް ނުކުމެފާނެ އެވެ. ފޭނުންނަށް އޮތީ އިންތިޒާރުގައި ތިބުމެވެ. ރަޝާގެ އިތުރުން ރަވީނާގެ ދެން ހުންނަނީ ރަންބީރު ކިޔާ ފިރިހެން ކުއްޖެކެވެ. އޭނާ އަށް މިހާރު 11 އަހަރެވެ.

"މޮހޮރާ" އާއި "ދިލްވާލޭ" އާއި މިދިޔަ އަހަރު ރިލީޒް ކުރި "މާތުރު" ފަދަ ފިލްމުތައް ކުޅެފައިވާ ރަވީނާ އެޑަޕްޓް ކުރި ދެ އަންހެން ކުދިންނަކީ ޗާޔާ، 31، އާއި ޕޫޖާ، 34، އެވެ. ރަވީނާ އާއި އަނިލް ކައިވެނި ކުރީ 2004 ގަ އެވެ.

މިދިޔަ އަހަރު "ބިގް ބޮސް" ސީޒަން 11 ކާމިޔާބު ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ ސޮއި ކުރި ފިލްމަށް 2016 ގެ "ބިގް ބޮސް" ކާމިޔާބު ކުރި މަންވީރު ގުޖްރާޖް ވެސް ސޮއިކޮށްފި އެވެ. އެ ފިލްމަކީ ރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބޮލީވުޑަށް ބަތަލާއެއްގެ ގޮތުގައި ތައާރަފު ކުރާ ފިލްމު "ރާދާ ކިޔު ގޯރީ، މޭ ކިޔު ކިޔު ކާލާ" އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މަންވީރު ފިލްމުގައި ކުޅެނީ ނުބައިބައި ރޯލެކެވެ. ޕްރޭމް އާރް ސޯނީ ޑައިރެކްޓް ކުރާ "ރާދާ ކިޔު ގޯރީ، މޭ ކިޔު ކިޔު ކާލާ" އަކީ އިންޑިއާ އަށް ޒިޔާރަތް ކުރާ ބޭރު ގައުމެއްގެ އަންހެނަކު ރޭޕް ކުރުމުން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. މީގައި ރޭޕިސްޓެއްގެ ރޯލް ކުޅޭނީ މަންވީރް އެވެ.

ޖިމީ ޝެރްގިލް ބަތަލުގެ ރޯލް ކުޅޭ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އާދައިގެ މީހެއްގެ ގޮތުގައި "ބިގް ބޮސް" ކާމިޔާބު ކުރުމަށް ފަހު، މަންވީރު ފަހުން ވަނީ ކަލާޒުން މިދިޔަ އަހަރު ގެނެސް ދިން "ހަތުރޯން ކޭ ކިލާޅީ" ގެ 8 ވަނަ ސީޒަންގައި ވެސް ބައިވެރިވެފަ އެވެ.

"ދަ ކަޕިލް ޝަރްމާ ޝޯ" އާ އެކު ކަޕިލް އެނބުރި އަންނަ ވާހަކަ އިއުލާން ކުރުމާ އެކު، މި ޝޯގެ ފޭނުން ތިބީ ލައްކަ އުފަލުންނެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝޯ ސޮނީން ދައްކަން ފަށާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އަމީތާބް ބައްޗަން ހޯސްޓް ކުރާ "ކޯން ބަނޭގާ ކަރޯޑްޕަތީ" އަންނަ މަހުގެ ތެރޭގައި ނިމުމަކަށް ގެންނާތީ ކަޕިލްގެ ޝޯގެ ތައްޔާރީތައް ސޮނީން މިހާރު އަންނަނީ ވަރަށް ބޮޑަށްވަމުން ކަމަށްވެ އެވެ. އަހަރު ދުވަހުގެ މެދުކެނޑުމަަކަށް ފަހު އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯއާ އެކު ކަޕިލް އެނބުރި އަންނަ އިރު، ޑިސެމްބަރު މަހުގެ 12 ގައި ކައިވެނި ކުރަން ވެސް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގައި ކުކޫގެ ރޯލް ކުޅުނު ބަތަލާ ކުބްރާ ސައިތު އަނެއްކާ ވެސް ފީޗާ ފިލްމަކަށް ސޮއިކޮށްފި އެވެ. އޭނާ ސޮއި ކުރި ފިލްމަކީ ބޫމީ ޕެޑްނޭކަރް އާއި ކޮންކޮނާ ސެން ޝަރްމާ މުހިއްމު ރޯލްތައް ކުޅޭ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" އަށެވެ.

އަންހެނުންގެ ވާހަކަތަކެއް ކިޔައިދޭ މި ފިލްމަކީ އެކްތާ ކަޕޫރްގެ ބަލާޖީން ޕްރޮޑިއުސްކޮށް، އަލަންކުރިތާ ޝްރިވަސްތާވް ޑައިރެކްޓް ކުރާ ފިލްމެމެވެ. ފިލްމުން ފުރުސަތު ލިބުމުން ކުބްރާ ބުނީ ވަރަށް އުފާވެއްޖެ ކަމަށާއި އެކްތާގެ ފިލްމަކުން ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ.

އޭނާ މީގެ ކުރިން ވަނީ "ސުލްތާން" އާއި ރެޑީ" އާއި "ޖޯޅީ ބްރޭކާޒް" ގައި ވެސް ކުދި ރޯލްތަކެއް ކުޅެފަ އެވެ. އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒް ކުރާ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއި" ގެ ރޯލަކުން ވެސް 35 އަހަރުގެ ބަތަލާ ފެނިގެން ދާނެ އެވެ.