13 އޯގަސްޓް 2016 - 07:37

ފަލަސްތީނުގެ ބައެއް މިސްކިތްތަކުން ނަމާދު ވަގުތު ޖެހުމުން ބަންގީގެ ބަދަލުގައި ލަވައެއްގެ އަޑު އައި މައްސަލައެއް އެތަނުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިން ތަހުގީގުކުރަން ފަށައިފި އެވެ.
ބުރާސްފަތި ދުވަހު ބަންގީގެ ބަދަލުގައި އިވިފައި ވަނީ މިސްރުގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިއެއް ކަމަށްވާ އުންމު ކުލްސޫމްގެ ލަވައެކެވެ.
ނާބުލްސްގެ މިސްކިތްތަކުގެ ސްޕީކަރުތަކުން މި ލަވަ އައީ ބަޔަކު ގަސްދުގައި ކުރި ކަމަކުންތޯ ނުވަތަ ދިމާވި ޓެކްނިކަލް ކަމެއްގެ ސަބަބުންތޯ އަންނަނީ ބަލަމުންނެވެ.
ބަންގީގެ ބަދަލުގައި ލަވައެއް އައި ވަގުތު ބައެއް މީހުން ވީޑިއޯކޮށް އަޑާއި މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އެއްބަޔަކު މިކަން ސަކަރާތަކަށް ހަދައިގެން އުޅުނު ނަމަވެސް ގިނަ ބަޔަކު ތިބީ މިކަމާ ވަރަށް ބޮޑަށް ރުޅި އައިސް ނުރުހިފަ އެވެ.
މީގެ ކުރިން ވެސް ފަލަސްތީނުގައި ވަނީ މުދިމުން ބަންގި ގޮވާއިރު މާގަދަޔަށް ކެއްސާތީ އާއި ބަންޑި ގޮވާ ވަގުތު މިސްކިތް ތެރެއިން މީހުން ވާހަކަ ދައްކާ އަޑު ސްޕީކަރުން ބާރަށް އިވޭ މައްސަލާގައި ޝަަކުވާ ބޮޑުވެފަ އެވެ.
މިދިޔަ އަހަރު މިސްރުގައި މުދިމަކު ބަންގީގެ ކަލިމަތަށް ބަދަލުކޮށްގެން ގޮވި މައްސަލައެއްގައި ހައްޔަރު ވެސް ކޮށްފައިވެ އެވެ.