މިއީ ފިރިހެންކުދިން ލައި އެކި ވައްތަރުގެ ސްޓައިލާ ބެހޭ ގޮތުން ދެ ޖިންސުންގެ ޒުވާނުންގެ ހިޔާލެވެ.

ފައިކުރި އޮޅާފައި ހުންނަ ޖިންސު ސްޓައިލާއި ފައިކުރިއަށް ރަބަރު ލައްވާފައި ހުންނަ ޖިންސު ވަނީ ފަހަކަށް އައިސް ފިރިހެންކުދިންގެ ތެރޭގައި މަގުބޫލު ވެފަ އެވެ. ރެގިއުލާ ފިޓު ޖިންސާއި ސޮހިފައި ހުންނަ ސްކިނީ ޖިންސު ވެސް ގިނަ އެވެ.

ޖިންސުގެ އިތުރުން ގަމީސް ލުމުގައި ވެސް ފިރިހެނުން ފަހަކަށް އައިސް ތަފާތު ސްޓައިލްތައް ގެންގުޅޭކަން ފާހަގަވެ އެވެ.

މިސްޓައިލްތަކުގެ ތެރެއިން އަންހެން ކުދިންނަށާއި ފިރިހެންކުދިންނަށް ކަމުދަނީ ކޮން ސްޓައިލްތަކެއްކަން ވީޑިއޯ އިން އެނގޭނެ އެވެ.