ޚާޝުގްޖީ ހީކުރީ ތުރުކީ އަކީ ރައްކާތެރި ގައުމަކަށް ވާނެ ކަމަށް: ލޯބިވެރިޔާ
ޚާޝުގްޖީ ހީކުރީ ތުރުކީ އަކީ ރައްކާތެރި ގައުމަކަށް ވާނެ ކަމަށް: ލޯބިވެރިޔާ

އިސްތަންބޫލް (އޮކްޓޯބަރު 27) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ހީކުރީ ތުރުކީ އަކީ ރައްކާތެރި ގައުމަކަށްވާނެ ކަމަށާއި އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ނަމަވެސް އޭނާ ހައްޔަރު ކުރުން ފަދަ ކަމެއް ނުކުރާނެ ކަމަށް ބެލެވުނު ކަމަށް ނޫސްވެރިޔާގެ ތުރުކީ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ބުނެފި އެވެ.

ޚާޝުގްޖީ ހީކުރީ ތުރުކީ އަކީ ރައްކާތެރި ގައުމަކަށް ވާނެ ކަމަށް: ލޯބިވެރިޔާ
ޚާޝުގްޖީ ހީކުރީ ތުރުކީ އަކީ ރައްކާތެރި ގައުމަކަށް ވާނެ ކަމަށް: ލޯބިވެރިޔާ

ތުރުކީގެ ބްރޯޑްކާސްޓަރަކަށް ދިން އިންޓަވިއުއެއްގައި ސެންގިޒް ބުނީ ސައުދީ ކޮންސިއުލޭޓަށް ދިއުމަކީ ޚާޝުގްޖީ ބޭނުންވި ގޮތް ނޫން ކަމަށެވެ.

"އޭނާގެ ތުރުކީ ނެޓްވޯކް ވަރަށް ވަރުގަދަ ވާނެ. އަދި ސިޔާސީ ނެޓްވޯކް ވެސް އެހާމެ ވަރުގަދަ. ތުރުކީގައި އޭނާ އަށް މައްސަލައެއް ދިމާ ނުވާނެ ކަމަށް އުއްމީދު ކުރި. އަދި ކޮންސިއުލޭޓުން ސުވާލު ކުރުމުގެ ތެރޭގައި ހައްޔަރު ކުރި ނަމަވެސް އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އުއްމީދު ކުރި،" ސެންގިޒް ބުންޏެވެ. "އެފަދަ ނުބައި ރޭވުމެއް ރާވާފައިވާކަން އެނގޭ ނަމަ ކޮންސިއުލޭޓަށް ވަނަނުދިނީމުސް."

އޭނާ ބުނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ޚާޝުގްޖީ އެންމެ ފުރަތަމަ ސައުދީ ކޮންސިއުލޭޓަށް ދިއުމުން ކަންތައް ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. އަދި އެ ދުވަހު ވަނީ އޮކްޓޯބަރު 2 ވަނަ ދުވަހު ލިޔުންތަކާ ހަވާލުވުމަށް އައުމަށް ބުނެފައި ކަމަށް ސެންގިޒް ބުންޏެވެ. ޚާޝުގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ ސެންގިޒްއާ ކައިވެނި ކުރުމަށް ޓަކައި އޭނާގެ ކުރީގެ ކައިވެނީގެ ވަރީގެ ލިޔުންތައް ހޯދާށެވެ.

ޚާޝުގްޖީ މަރާލާފައި ވަނީ ކޮންސިއުލޭޓް ތެރޭ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ އެއީ ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.