27 އޮކްޓޯބަރ 2018 - 06:46

މިޝަން ބްރޭންޑަކީ އޮސްޓްރޭލިއާގެ މަޝްހޫރު ގްރުމާ އޭޝިއާ އެންޑް އޯޝަނިއާގެ ދަށުން މެލޭޝިއާގައި އުފައްދަމުން ގެންދާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ދަށުން އުފައްދާ ތަކެތީގެ ތެރޭގައި ރޮށި، އާޓާ ރޮށި، ނާން، ގާލިކްނާން، ޕިޓާ އަދި ޕިއްޒާ ބޭސް ހިމެނެ އެވެ.

މި ތަކެތި ތައްޔާރުކުރާ ފެކްޓަރީ އަކީ ދުނިޔޭގެ އައިއެސްއޯ ފެންވަރުގެ ސަޓިފައިޑް ފެކްޓަރީ އެކެވެ.
މި އުފެއްދުންތަކުގައި ބޭނުންކުރާ އޮސްޓްރޭލިއާގެ މޮޅު ގޮދަނާއި ތަރުކާރީ އާއި ޔީސްޓް އާއި ބޭކިން ޕައުޑަރު ފަދަ ތަކެއްޗަކީ އޭގެ ކޮލިޓި ޔަގީން ކޮށްފައިވާ ތަކެއްޗެވެ.
މިޝަން ބްރޭންޑު އާންމުންގެ މެދުގައި މަގުބޫލު ވެފައި ވަނީ، އޭގެ ރަހަތަށް ގިނަ ބަޔަކަށް ކަމުދިއުމާއި ސޮފްޓް ކަމާއި ތާޒާ ކަމުންނެވެ. އޭގެ އިތުރުން މި ތަކެތި ތައްޔާރުކުރާ މާހައުލަކީ ސާފުތާހިރު މާހައުލެއް ކަމުގައި ވުމަކީ ވެސް ގިނަ ބައެއްގެ ލޯބި މި ބްރޭންޑަށް ލިބޭ ސަބަބެކެވެ.
މިޝަން ބްރޭންޑުގެ ރެޕަކީ އަޅުގަނޑުމެން އާންމުކޮށް މި ބޭނުންކުރާ ރޮށްޓާ ތަފާތެއް ނެތް ގޮތަށް، އެ ރަހަތައް އެކުލެވިގެންވާ މީރު ރޮށްޓެކެވެ. ހެނދުނުގެ ނާސްތާ އަށް މަސްހުންޏާ އެކު ބޭނުން ކުރެއްވުމަށް ނުވަތަ ރިހާކުރާ އެކު ނުވަތަ ކުޅިމަހާ އެކު ފަރިއްކުޅުއްވުމަށް ހަމަ މި ވަރެއް ނެތެވެ. އަދި މީގެ އިތުރުން، އަޅުގަނޑުމެން ލޯބިވާ ދަރިން ޝައުގުވެރިވާނެ ތަފާތު މީރު ޑިޝްއެއް ތައްޔާރު ކޮށްލެއްވުމަށް ބޭނުން ނަމަ ކުޑަ މަސްކޮޅަކާއި ތަރުކާރީ ކޮޅެއް އަދި ސެލެޑް ކޮޅެއް ބޭނުން ކޮށްލައްވައިގެން މީރު ރެޕެއް ތައްޔާރު ކޮށްލެއްވުމުން އެ ކުދިން އެ އަށް ޝައުގުވެރި ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެކަން ޔަގީނެވެ.
މި ރޮށްޓަކީ، ސިއްހަތަށް ބައްލައިވައިގެން އުޅުއްވާ ބޭފުޅުންނާއި ޑައިބެޓިކްސް ނުވަތަ ލޭ މައްޗައް ދިއުމުގެ ނުވަތަ ހިތުގެ މައްސަލަ ހުންނަ ބޭފުޅުންނަށް ވަރަށް ކަމުދާ، އާންމުކޮށް އަޅުގަނޑުމެން މި ކިޔާ އާޓާ ފުށުގެ ރޮށި ފަދަ ރޮށްޓެކެވެ.
ޕިޓާ އަކީ ޒަމާނުންސުރެ ޔޫރަޕްގެ ގައުމުތަކުގައި އެކިއެކި މުނާސަބަތު ތަކުގައި ބޭނުން ކުރަމުން އައިސްފައިވާ ފްލަޑް ބްރެޑެކެވެ. މިފްލަޑް ބްރެޑް މެދުން ފަޅައިލުމަށް ފަހު ކުޑަ މަސްކޮޅަކާއި ތަރުކާރީ ކޮޅެއް މިކްސް ކޮށްލުމަށް ފަހު، ޗީޒް ކޮޅަކާ އެކު އެތެރެއަށް އަޅުއްވައި އަވަނަކުން ހޫނުކޮށްލެއްވުމަށް ފަހު ސާވް ކުރެވޭނެ އެވެ. މިއީ، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި ވަރަށް ގިނަމީހުންނާއި ކުދިންނަށް ވެސް މަގުބޫލު މީރު ކެއުމަކަށް ވެ އެވެ.
މިޝަން ބްރޭންޑުގެ ގާލިކް އެންޑް ހާބް ނާން އަކީ ކުރީ ޒަމާނުގައި އިންޑިއާގެ ޝާހީ އާއިލާތަކުގެ ހާއްސަ ވައްތަރެކެވެ. މި ވައްތަރުގެ ނާން ތައްޔާރު ކޮށްފައި ވަނީ ވަރަށް ތަފާތު އިންގްރީޑިއެންޓެއް ބޭނުން ކޮށްގެނެވެ. އެހެން ކަމުން މި ވައްތަރުގެ ނާން ވަނީ އަނަގަ އަށް މަޑު ވަރަށް މީރު ނާން އަކަށެވެ. މި ނާންގެ މީރުކަން އެންމެ ރަނގަޅަށް އިހްސާސް ކުރެވޭނީ ބަޓާ ޗިކަން، ތަންދޫރީ ޗިކަން، ނުވަތަ ކުޅިރިހަ ފަދަ ޑިޝް އަކާ އެކު ފަރިއްކުޅުއްވުމުންނެވެ. އޭގެ އިތުރުން ހަމަ ކޮންމެ ކެއުމަކަށް ވެސް މި ނާން ހަމަ އެއްވަނަ ވާނެ އެވެ.
އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ޕިއްޒާ އެކުލެވިގެން ވަނީ ދެ ބަޔަކަށެވެ. އެއީ ބޭސް އަދި ޑްރެސިން އެވެ. ޑްރެސިން އަކީ ވަރަށް ފަސޭހައިން ހަދާލެވޭ ބައެކެވެ. އެކަމަކު، ބޭސް ހެދުމަށްޓަކައި ފުށްގަނޑު ތައްޔާރު ކުރުމާއި މޮޑެލުމަކީ ތަންކޮޅެއް ބުރަ އަދި ދިގުލާ ކަމަކަށް ވަނީ ވެފަ އެވެ. އަޅުގަނޑުމެންނަކީ ވެސް ބިޒީ ލައިފެއް އުޅޭ ބަޔަށް ވާއިރު، މި ޕިއްޒާ ބޭސް އަކީ ވަރަށް ގިނަ ވަގުތު ސަލާމަތް ކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުން މީގެ މަޑުކަމާއި ތާޒާކަމާއި ރަހަ މީރު ކަމަކީ މި ޕިއްޒާ ބޭސް މަގުބޫލުވާ ވަރަށް ބޮޑު ސަބަބެކެވެ.