މަޖިލީހުގެ ރައީސަކަށް ގާސިމް ހަމަޖައްސަން އިދިކޮޅުން ފާސްކޮށްފި
މަޖިލީހުގެ ރައީސަކަށް ގާސިމް ހަމަޖައްސަން އިދިކޮޅުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހަމަޖައްސަން އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުން މީގެ އިރުކޮޅެއް ކުރިން ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސަކަށް ގާސިމް ހަމަޖައްސަން އިދިކޮޅުން ފާސްކޮށްފި
މަޖިލީހުގެ ރައީސަކަށް ގާސިމް ހަމަޖައްސަން އިދިކޮޅުން ފާސްކޮށްފި

މަޖިލީހުގެ ރައީސަކަށް ގާސިމް ހަމަޖައްސަން އިދިކޮޅު ކޯލިޝަންގެ މަޖިލީހުގެ މެމްބަރުން ފާސްކުރެއްވިއިރު، އެ މަގާމަށް ވާދަކުރައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމާއި އަބްދުއްރަހީމް ވާދަކުރައްވަން ނިންމެވީ، އެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިިދިކޮޅު ކޯލިޝަނުން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅުމާ ގުޅިގެންނެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި މަޖިލީހުގެ އިދާރާއިން ވަނީ މަސީހަށާއި މެމްބަރުންނަށް މިއަދު ނޯޓިސް ފޮނުވައިފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުގެ ކުރިން މަސީހް އިސްތިއުފާ ދެއްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން މިހާތަނަށް މަސީހް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ހުންނަވަނީ ހިމޭނުންނެވެ.