ވަންޕްލަސް 6ޓީ ގެ ތަފުސީލުތައް އަދިވެސް ލީކުވަނީ
ވަންޕްލަސް 6ޓީ ގެ ތަފުސީލުތައް އަދިވެސް ލީކުވަނީ

ވަންޕްލަސް 6ޓީ އަކީ ވަންޕްލަސް މަރުކާގެ ފޯނެކެވެ. އެކަމަކު މި ފޯނު އަދި ވެސް ނުނެރެ އެވެ. އަދިވެސް ވަނީ ލީކެވެ. މި މަހު 30 ގައި ނެރޭ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް، އެ ތާރީޚް ވަނީ މިހާރު އޮކްޓޯބަރު 29 އަށް އަވަސްކޮށްފަ އެވެ. އެއީ 30 ވަނަ ދުވަހު އެޕަލް އިން ބާއްވާ ހަފުލާއަކާ ފުށުއަރާތީ އެވެ.

ވަންޕްލަސް 6ޓީ އާ ގުޅޭ ގޮތުން އެންމެ ފަހުން ވި ލީކުތަކުން އެނގޭ ގޮތުގައި، ފޯނުގައި 6.4 އިންޗި "އެމޯލެޑް" ޑިސްޕްލޭއެއް އިންނާނެ އެވެ. ބެޓެރީ ވަނީ 3،700އެމްއޭއެޗް އަށް ބާރުގަދަކޮށްފަ އެވެ. އަދި 16 މެގަޕިކްސެލް ކެމެރާއެއް އިންނާނެ އެވެ. މިއީ ދެ ސިމް ލެއްވޭ ފޯނެއްކަން ވަނީ ދާދި ކަށަވަރުވެފަ އެވެ. މޮމެރީ 6ޖީބީ އަދި 8ޖީބީ ނަމަވެސް، އިންޓާނަލް ސްޓޯރޭޖް، ބައެއް މޮޑެލްތަކުގައި 128ޖީބީ، އަދި ބައެއް މޮޑެލްތަކުގައި 256ޖީބީ އެވެ. ފޯނުގެ އަގާ ބެހޭ ގޮތުން އެނގޭ ބައްރުތަކުގައި އެކި އަގު ކަނޑައެޅިގެންދާނެ ކަމަށެވެ.

މި ފޯނާ ބެހޭ ގޮތުން އެނގިފައި ހުރި މައުލޫމާތަށް ބަލާއިރު، ފިންގާޕްރިންޓް ސްކޭނާ އިންނާނީ ޑިސްޕްލޭ ދަށުގަ އެވެ. އަދި ހެޑްފޯނަށް ވަކި ޚާއްސަ ޖެހެއް ނުއިންނާނެ އެވެ. ވަންޕްސް ފޯނުތަކުގައި ބޭނުންކުރި 3.5އެމްއެމް ހެޑްފޯން ޖެކް މުޅިން ނައްތާލައި، ޔޫއެސްބީ 3.1، ޓައިޕް-ސީ އަށް ވަނީ ބަދަލުކުރެވިފަ އެވެ.

ވަންޕްލަސް 6ޓީ އަކީ މި އަހަރު ނެރުނު ފޯނުތަކަށް ބަލާއިރު ބާރުގަދަ ފޯނަކަށް ވާނެ އެވެ. މިއީ ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލް ފޯނެއްކަމުން ވަރަށް އަވަހަށް ވައިގައި ހިފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.