މަރާލި ނޫސްވެރިޔާގެ އާއިލާއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލުކޮށްފި
މަރާލި ނޫސްވެރިޔާގެ އާއިލާއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލުކޮށްފި

ރިޔާޒް (އޮކްޓޯބަރު 24) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ އާއިލާއާ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށް ސައުދީ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

މަރާލި ނޫސްވެރިޔާގެ އާއިލާއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލުކޮށްފި
މަރާލި ނޫސްވެރިޔާގެ އާއިލާއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލުކޮށްފި

ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނެފައި ވަނީ ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހް އާއި ކޮއްކޮ ސާލިހުއާ ރަސްގެފާނާއި ވަލީ އަހުދު އިއްޔެ ބައްދަލު ކުރައްވާފައި ވަނީ ރަސްމީ ގަނޑުވަރުގައި ކަމަށެވެ. ސަލްމާން އާއި ބިން ސަލްމާން ވަނީ ޚާޝުގްޖީގެ އާއިލާ އަށް ތައުޒިޔާ ރައްދުކޮށްފަ އެވެ.

މަރާލި ނޫސްވެރިޔާގެ އާއިލާއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލުކޮށްފި
މަރާލި ނޫސްވެރިޔާގެ އާއިލާއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލުކޮށްފި

ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެއް ކަމަށްވާ ޚާޝުގްޖީ ގެއްލުނީ މި މަހު 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. ދެ ހަފުތާ ފަހުން ސައުދީން ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި ޚާޝުގްޖީ މަރާލާފައިވާ ކަމަށް ބުނެފަ އެވެ.

ސައުދީ ވަލީ އަހުދުގެ މަގާމަށް ބިން ސަލްމާން ހަމަޖެއްސުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ޚާޝުގްޖީ ދިރިއުޅެމުން ދަނީ އެމެރިކާގެ ވާޖީނިއާގަ އެވެ.