ބަތަލާ އެމީ ޝޫމާ ބަލިވެ އިންކަން މަޖާ ގޮތަކަށް އިއުލާނުކޮށްފި
ބަތަލާ އެމީ ޝޫމާ ބަލިވެ އިންކަން މަޖާ ގޮތަކަށް އިއުލާނުކޮށްފި

ހޮލީވުޑްގެ ބަތަލާ އެމީ ޝޫމާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ޝެފް ކްރިސް ފިޝާއާ ކައިވެނި ކުރި 37 އަހަރުގެ ބަތަލާ ބަލިވެއިންކަން އިއުލާން ކުރީ އިންސްޓަގްރާމްގައި ފޭނުން ހެއްވާލައިފަ އެވެ.

އޭނާ ވަނީ މިހާރު އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުން އަންނަ ޕްރިންސް ހެރީ އާއި ކުރީގެ ބަތަލާ މޭގަން މާކަލްގެ ފޮޓޯއެއް އެޑިޓްކޮށް، އަމިއްލަ ސޫރަ ހަދައިފަ އެވެ. އެޑިޓްކޮށްފައިވާ ފޮޓޯއާ އެކު، އަސްލު ފޮޓޯ ވެސް ޝޫމާ ހިއްސާކޮށްފައިވެ އެވެ.

"ސްލީޕް ވޯލް ވިތު މީ" އާއި "ޓްރެއިންރެކް" އަދި "ސްނެޗްޑް" ފަދަ ފިލްމުތައް ކުޅެފައިވާ ޝޫމާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އެޕްރީލް މަހު ރިލީޒް ކުރި "އައި ފީލް ޕްރިޓީ" އެވެ.

ބަތަލާއެއްގެ އިތުރުން އޭނާއަކީ މަޝްހޫރު ސްޓޭންޑް-އަޕް ކޮމީޑިއެއް ވެސް މެ އެވެ.