އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށް ބަލާފައި ހިލޭ ސުޝީ ލިބޭ ރެސްޓޯރަންޓެއް
އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށް ބަލާފައި ހިލޭ ސުޝީ ލިބޭ ރެސްޓޯރަންޓެއް

ކަނޑައަޅާފައިވާ އަދަދަކަށް އިންސްޓަގްރާމް ފޮލޯވަރުން ތިބޭ ކަސްޓަމަރުންނަށް ހިލޭ ސުޝީ ކާން ލިބޭ ހިދުމަތެއް އިޓަލީގެ ރެސްޓޯރަންޓަކުން ތައާރަފުކޮށްފި އެވެ.

އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށް ބަލާފައި ހިލޭ ސުޝީ ލިބޭ ރެސްޓޯރަންޓެއް
އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށް ބަލާފައި ހިލޭ ސުޝީ ލިބޭ ރެސްޓޯރަންޓެއް

މިލާންގައި ހިންގާ "ދިސް އިޒް ނޮޓް އަ ސުޝީ ބާ" އަށް ދާ ކަސްޓަމަރުންގެ އިންސްޓަގްރާމް ފޮލޯވަވަރުންގެ އަދަދު އެ ރެސްޓޯރަންޓްގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތި ނަމަ، އޯޑަރު ކުރާ ސުޝީއަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.

އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށް ބަލާފައި ހިލޭ ސުޝީ ލިބޭ ރެސްޓޯރަންޓެއް
އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށް ބަލާފައި ހިލޭ ސުޝީ ލިބޭ ރެސްޓޯރަންޓެއް

"ދިސް އިޒް ނޮޓް އަ ސުޝީ ބާ" ހިންގާ ދެބެއިން ކަމަށްވާ މަޓެއޯ އާއި ތޮމާސޯ ޕިޓަރެއްލޯ ބުނީ މިއީ އިންސްޓަގްރާމް ކަހަލަ ސޯޝަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އެ މީހުންގެ ވިޔަފާރި ޕްރޮމޯޓް ކުރަން ގެންގުޅޭ އުކުޅެއް ކަމަށެވެ.

ހިލޭ ސުޝީ ކާން ލިބޭނީ އިންސްޓަގްރާމްގައި މަދުވެގެން 1،000-5،000 އާ ދެމެދުގެ އަދަދަކަށް ފޮލޯވަރުން ތިބި ނަމަ އެވެ.

އެގޮތުން އެ އަދަދަށް ފޮލޯވަރުން ތިބި ކޮންމެ ކަސްޓަމަރަކަށް ހިލޭ އެއް ތަށި ސުޝީ ލިބޭނެ އެވެ. އަދި ފޮލޯވަރުންގެ އަދަދު 5،000-10،000 ދެމެދު ނަމަ ދެ ތަށި، 10،000-50،000 އާ ދެމެދު ނަމަ ހަތަރު ތަށި އަދި 50،000-100،000 ދެމެދުގެ އަދަދަކަށް ފޮލޯވަރުން ތިބި ނަމަ 8 ތަށި ސުޝީ ހިލޭ ލިބޭނެ އެވެ.

އެހެންވެ މިއީ ގިނަ އަދަދެއްގެ ފޮލޯވަރުން ތިބޭ އިންސްޓަގްރާމްގެ އަހުލުވެރިން ކާލަން "ދިސް އިޒް ނޮޓް ސުޝީ ބާ" އަށް، ގްރޫޕް ހަދައިލައިގެން ގޮސް ހެޓަކަށް ސުޝީ ކައިލެވޭނެ ފުރުސަތަކަށް ވާނެ އެވެ.

"އިންސްޓަގްރާމަކީ އަހަރެމެންގެ ވިޔަފާރި އެންމެ ބޮޑަށް އިޝްތިހާރުވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް. އަދި މީގައި އަހަރެމެންގެ ކަސްޓަމަރުންގެ ހިއްސާ ވަރަށް ބޮޑު،" އާ ހިދުމަތާ ބެހޭ ގޮތުން ދެބެއިން ބުންޏެވެ.

މި ހިދުމަތަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ވެސް ކުރަމުންނެވެ. އަދި އިންސްޓަގްރާމް ބޭނުންކުރާ މިލާންގެ ގިނަ ބައެއްގެ މަސައްކަތަކަށްވެފައި މިހާރު އޮތީ ފޮލޯވަރުން އެއްކުރުމެވެ.