ރިޓަޔަކުރާނީ ރެއާލްގައި ހުރެ، އެހެން ކްލަަބަަކަށް ނުދާނަން: ރޮނާލްޑޯ
ރިޓަޔަކުރާނީ ރެއާލްގައި ހުރެ، އެހެން ކްލަަބަަކަށް ނުދާނަން: ރޮނާލްޑޯ

މެޑްރިޑް (މޭ 27) - ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ ރެއާލް މެޑްރިޑްގައި ހުރެ ކަމަށާއި އެހެން ކްލަބަކަށް ބަދަލުނުވާނެ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރިޓަޔަކުރާނީ ރެއާލްގައި ހުރެ، އެހެން ކްލަަބަަކަށް ނުދާނަން: ރޮނާލްޑޯ
ރިޓަޔަކުރާނީ ރެއާލްގައި ހުރެ، އެހެން ކްލަަބަަކަށް ނުދާނަން: ރޮނާލްޑޯ

ފާއިތުވި ޓްރާންސްފާ މާކެޓްތަކުގައި ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ މީޑިއާ ރިޕޯޓްތަކެއް ދައުރުވި އެވެ. ރޮނާލްޑޯ ރެއާލްގައި ހުރީ ހިތްހަމަނުޖެހި ކަމަށާއި ކްލަބް ބަދަލުކުރަން ބޭނުންވެފައިހުރި ކަމަށް ބުނެ އެވެ. ރޮނާލްޑޯ ބުނީ ރެއާލް ދޫކޮށްދާން އެއްވެސް ވަރަކަށް ވިސްނާފައިނުވާނެ ކަމަށެވެ.

ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން ރޮނާލްޑޯ ހޯދުމަށް ފާއިތުވި ސީޒަންތަކުގައިވަނީ މަސައްކަތްކޮށްފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ ޕީއެސްޖީ އަށް ބަދަލުވުމަށް އެ ކްލަބާ އެކު މަޝްވަރާކޮށްފަ އެވެ. ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީއާ އެކު އަހަންނެއް މަޝްވަރާ ނުކުރަން. އެހެން ކްލަބްތަކުން އަހަރެން ހޯދުން ހަނދާން ނައްތާލަންވެއްޖެ. އަހަރެން ރިޓަޔަކުރާނީ މެޑްރިޑްގައި ހުރެ،" ރޮނާލްޑޯ ބުންޏެވެ.

ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގައި ކުޅެން ރެއާލްގެ ވަރަށް ގިނަ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. ރޮނާލްޑޯ ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ. ރޮނާލްޑޯ ބުނީ ޒިދާންއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ވާދަވެރި ބާސެލޯނާ މި ސީޒަނުގައި ސްޕެނިޝް ލީގައި ކަޕް ކާމިޔާބު ކޮށްފައިވުމުން ރެއާލުން މި ސީޒަން ހުސްއަތާ ނިންމާލަން ބޭނުމެއް ނުވެ އެވެ. ރޮނާލްޑޯ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ މިއީ އެ ޓީމަށް ކާމިޔާބު ސީޒަނެއް ކަމަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި މާދަމާރޭ ރެއާލް ކުޅޭނީ އަވައްޓެރި ކްލަބް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.