ސްމާޓްފޯން ކެމެރާތައް ޑިސްޕްލޭ ދަށަށް
ސްމާޓްފޯން ކެމެރާތައް ޑިސްޕްލޭ ދަށަށް

ސްކްރީން މަތީ ދާރަ ކައިރިން ތަންގަނޑެއް ގެއްލުވާލުމަކީ ހުތުރު ސިފައެކެވެ. އެކަމަކު، އައިފޯން 10 އަށް ފަހު ސްމާޓްފޯން ސިނާއަތް އެކަން ބަަލައިގެންފައި ވަނީ މޮޅު ކަމެއް ގޮތުގަ އެވެ. އެއީ "ނޮޗް ޑިސްޕްލޭ" އެވެ. ސްމާޓްފޯން ކެމެރާތައް އަދި ސެންސަރުތައް މިހާރު ހުންނަނީ އެ ތަނުގަ އެވެ.

އެޕަލް އިން ކަމެއް ކޮށްފި ނަމަ އެ ކަމެއް މޮޅުވީ އެވެ. އެކަމަކުވެސް، އުޅެއުޅެ އެ ސިފަ ރީއްޗެއް ނުވި އެވެ. އެންޑްރޮއިޑް މާކެޓްގައި ވެސް "ނޮޗް ޑިސްޕްލޭ" ގިނަވާން ވަނީ ފަށައިފަ އެވެ. އެކަމަކު ތަރުހީބު އޮތް ވަރެއް އަދި ނޭނގެ އެވެ.

ސްމާޓްފޯނުތަކަށް "ނޮޗް ޑިސްޕްލޭ" ތައާރުފުކުރަން ޖެހުނީ ޑިސްޕްލޭ ބޮޑުކުރަން ހަދައިގެންނެވެ. ފޯނުގެ ދާރަތައް ހަނިކޮށް އަދި ފޯނު ތުނިކުރަން ހަދައިގެންނެވެ. ފޯނުގެ "އެ ތަނުގައި" އެއް ބަޔަކު ކެމެރާ އަދި ސެންސަރުތައް ވަޅުލާއިރު، ފުންމައިގެން ނިކުންނަ ގޮތަށް ފޯނުގައި ކެމެރާ ހަރުކުުރުން ވެސް ވެފައި ވަނީ އާ ކަމަކަށެވެ.

ސެމްސަންގް ސްމާޓްފޯނެއްގައި "ނޮޗް ޑިސްޕްލޭ" އެއް އަދި ނެތެވެ. ފުންމައިގެން ނިކުންނަ ގޮތަށް ފޯނުގެ މަތީ ކޮޅުގައި ކެމެރާތަކެއް ވެސް ނެތެވެ. ސެމްސަންގް ބުނަނީ އެއިން އެއްވެސް ގޮތެއް ކަމުނުދާ ކަމަށެވެ. ސެމްސަންގް މިހާރު ވިސްނަނީ ޑިސްޕްލޭ ދަށަށް ކެމެރާތައް ލާނެ ގޮތެކެވެ.

ފިންގާޕްރިންޓް ސްކޭނާތައް ޑިސްޕްލޭ ދަށަށް ލެވިއްޖެ އެވެ. ވަންޕްލަސް 6ޓީ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ޑިސްޕްލޭ ދަށަށް ފިންގާޕްރިންޓް ސްކޭނާތައް ލެވުނު ގޮތަށް، ކެމެރާތައް ވެސް ލެވެންޖެހޭނެ ކަމަށް ސެމްސަންގް ގަބޫލުކުރެ އެވެ. މި މަސައްކަތް ވަރަށް ބާރަށް ކުރި އަށް ދާ ކަމަށް ބުނެވެ އެވެ.