އައިފޯން 7 ސެޕްޓެމްބަރު 7 ގައި އާންމުކޮށް ދައްކާލާނެ
އައިފޯން 7 ސެޕްޓެމްބަރު 7 ގައި އާންމުކޮށް ދައްކާލާނެ

މިއީ އަދި ކަށަވަރުކޮށް ބުނާ ވާހަކައެއް ނޫނެވެ. މައުލޫމާތު ލިބި ހުރި މީހަކު "ބްލޫމްބާގް" އަށް ބުނި ގޮތުގައި، ސެޕްޓެމްބަރު 7 ގައި އާންމުކޮށް އައިފޯން 7 ދައްކާލާނެ އެވެ. އެ ކަމަށް އެޕަލް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އައިފޯން 7 އާ އެކު "އައިފޯން 7 ޕްލަސް" އަަދި "އައިފޯން 7 ޕްރޯ" ވެސް އާންމުކުރާނެ ކަމަށް ބުނެވެ އެވެ.

އެޕަލް އިން ނެރޭ އާ ޑިވައިސްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އެ ކުންފުނިން އެއްއިރެއްގައި ވެސް ކުރާ ކަމެއް ނޫނެވެ. މީހުން ލައްވައި އަނގަތަޅުވަން ދޫކޮށްލައިގެން ކުންފުނީގެ އެގްޒެކެޓިވުން ތިބެނީ އެވެ. ގިނަ ފަހަރު ކަންތައް ހިނގައި ދާ ގޮތަށް ބަލާއިރު، އެ ގޮތަށް ތުންތުންމަތިން ދެކެވޭ ވާހަކަތައް ވެފައި އޮންނަނީ ހަގީގަތުގައި އެކަން އޮންނަ ގޮތަށެވެ. އެހެންކަމުން އެއީ އެޕަލްގެ ތެރެއިން އަންނަ ވާހަކަތައްކަން އެނގެ އެވެ.

އެޕަލް އިން ފަހަކަށް އައިސް އައިފޯން އާންމުކުރާ ހަފުލާތައް ތަފާތުކުރެ އެވެ. ސެޕްޓެމްބަރު 7 ގައި އައިފޯން 7 އާންމުކޮށްފި ނަމަ އެއީ ވެސް އެޕަލްގެ ސަގާފަތާ ތަފާތު ގޮތަކަށް ކުރާ ކަމަކަށް ވާނެ އެވެ. އައިފޯން 6 ވެސް ނެރެފައި ވަނީ ކުރިން ވަކި ދުވަހަކަށް ޚާއްސަކުރި ފެޝަން ދޫކޮށްލުމަށް ފަހު އެވެ.

އައިފޯން 7 އާންމުކުރާ ދުވަސް ކައިރިވަމުން އަންނައިރު ވަފާތެރިން ތިބީ ނޭވާ ހިފަހައްޓާލައި ގެންނެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައި ބުރަދަނެއް ހުރިތޯ ބަލަން ކެތް މަދުވެފަ އެވެ. އައިފޯން 7 އާ ބެހޭ ގޮތުން އެންމެ ގިނައިން ދެކެވޭ ވާހަކަ އަކީ އޭގައި 3.5 ހެޑްފޯން ޖެކް ބޭނުންނުކުރާނެ ވާހަކަ އެެވެ. ހާޑްވެއާ ހޯމް ބަޓަނެއް ނުހުންނާނެ ކަމަށް ބުނެވޭއިރު، ވަޔަލެސް ޗާޖިން، "ވަޔަލެސް އިއާޕޮޑް" އަދި މުޅިން ފެން ނުވަންނަ ފޯނަކަށް އައިފޯން 7 ވާނެ ކަމަށް ވެސް ބުނެވެ އެވެ.