"ޑޫޑް، ވެއާ އިޒް މައި ކާ؟" ގެ އިރެކްޓަރު މަރުވެއްޖެ
"ޑޫޑް، ވެއާ އިޒް މައި ކާ؟" ގެ އިރެކްޓަރު މަރުވެއްޖެ

"ޑޫޑް، ވެއާ އިޒް މައި ކާ؟" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހޮލީވުޑްގެ ޑައިރެކްޓަރު ޑެނީ ލެއިނާ މަރުވެއްޖެ އެވެ.

އޭނާ މަރުވި ޚަބަރު އެންމެ ފުރަތަމަ ފޭސްބުކްގައި ހުކުރު ދުވަހު ހިއްސާކުރީ ޑެނީއާ އެކު މަސައްކަތްކޮށްފައިވާ ރޮސް ޕުޓްމަން އެވެ. އޭނާގެ ޕޯސްޓްގައި ބުނީ ޑެނީ މަރުވެފައި ވަނީ ދުވަސްވީ ބައްޔެއްގައި ކަމަށެވެ. ނަމަވެސް މަރާ ބެހޭ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އުމުރުން 57 އަހަރުގެ ޑައިރެކްޓަރުވި މަރުވި ހަބަރާ އެކު އޭނާގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކިއެކި ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ކިޔައި ޑެނީގެ ބައެއް ހަނދާންތައް ވެސް އާކޮށްފަ އެވެ.

ދެހާސް ވަނަ އަހަރު ރިލީޒް ކުރި ކޮމެޑީ ފިލްމު "ޑޫޑް، ވެއާ އިޒް މައި ކާ؟" ގެ އިތުރުން ޑެނީ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ހެރަލްޑް އެންޑް ކުމާރު ގޯ ޓު ވައިޓް ކާސަލް" އާއި "ބޯލްސް އައުޓް: ގެރީ ދަ ޓެނިސް ކޯޗް" އަދި "ދަ ގްރޭޑް ނިއު ވޮންޑަފުލް" ހިމެނެ އެވެ.

ފީޗާ ފިލްމުތަކުގެ އިތުރުން ޑެނީ ވަނީ ބައެއް ޓީވީ ސިލްސިލާތައް ވެސް ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި "އެރެސްޓެޑް ޑިވެލޮޕްމަންޓް"، "ގިލްމޯ ގާލްސް" އަދި "ފްރީކްސް އެންޑް ގީކްސް" ފާހަގަކޮށްލެވެ އެވެ.