ޕިއްޒާ ފިހަން ހާއްސަ އަވަނެއް ގެޔަށް
ޕިއްޒާ ފިހަން ހާއްސަ އަވަނެއް ގެޔަށް

އިހު ޒަމާނުގައި ޕިއްޒާ ފިހެ އުޅުނީ ގާ އުނދުނުގައެވެ. އޭރު ޕިއްޒާގެ ރަހަ އާއި މިހާރުގެ ރަހައާ ވަރަށް ތަފާތުކަމަށް މީހުން ބުނެ އުޅެއެވެ. ދަރު އަންދައިގެން ގާ އުނދުނުގައި ފިހާ ޕިއްޒާގައި ހުންނަ ރަހަ ބަލައިލަން ބޭނުން ނަމަ މިހާރު އެކަން ކުރެވެން އެބައޮތެވެ. ބްރިވިލް މަރުކާގެ ޕިޒާއިއޯލޯ އަވަން އަކީ ބަދިގޭ ކައުންޓަރުމަތީ ބަހައްޓާލެވޭ ގޮތަށް ފަރުމާކޮށްފައިވާ "ގާ އުނދުނެކެވެ."

ޕިއްޒާ ފިހަން ހާއްސަ އަވަނެއް ގެޔަށް
ޕިއްޒާ ފިހަން ހާއްސަ އަވަނެއް ގެޔަށް

ޕިޒާއިއޯލޯ އުނދުނުގެ ޚާއްސަ ކަމަކީ މީގައި ފިހާ ޕިއްޒާގެ ރަހައެވެ. ދަރު އުނދުނުގައި ފިހުމުން ހުންނަ ކުޑަ އަޅި، ދެލި ގޮތެއް، މި އަވަނުން ފިހުމުން ޕިއްޒާގެ ފުށްގަނޑުން ފާހަގަވެއެވެ. އެއީ އަވަންގެ އެތެރޭގައިވާ ހޫނުކުރާ ޚާއްސަ ނިޒާމެއްގެ ސަބަބުންނެވެ. އަވަނަށް ހޫނުކުރާ ދަގަނޑު ނަރުތަކާއި ހޮޅިތައް ފަރުމާކޮށްފައިވަނީ ބޭނުންވާ ރަހަ ނެރެވޭ ގޮތަށެވެ.

ޕިއްޒާ ފިހަން ހާއްސަ އަވަނެއް ގެޔަށް
ޕިއްޒާ ފިހަން ހާއްސަ އަވަނެއް ގެޔަށް

ބުނެވޭ ގޮތުގައި ދަރު އަންދައިގެން ޕިއްޒާ ފިހަން ހޭދަވާނީ އެންމެ 2މިނިޓެވެ. އެއީ އުނދުނުގެ ހޫނުކަން އަންގައިދޭ ކަމެކެވެ. މި ވަރުގެ ގަދަ ހޫނެއް ގެނައުމަށްޓަކައި މި އުނދުން އުފެއްދި ކުންފުނިން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޕިޒާއިއޯލޯގެ ހޫނުމިން 398 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށްވެއެވެ. މި އަވަންގައި ފިހަން ކަނޑައަޅާނެ މިންގަނޑެއް އިޚްތިޔާރުކުރެވެން ހުރެއެވެ. އަވަންގެ އެތެރެ ފެންނާނެ ގޮތަށް ބިއްލޫރި ޖަހާފައި ހުންނާތީ ފިހެވެމުންދާއިރު ޕިއްޒާއަށް އަންނަ ބަދަލުތައް ބަލައިލެވޭނެއެވެ.

ޕިޒާއިއޯލޯ އަވަންގައި ފިހެވޭނީ ވަށަމިނުގައި 12 އިންޗި ހުންނަ ވަރުގެ ޕިއްޒާއެވެ. މި އަވަން ފަރުމާކޮށްފައިވަނީ ދަބަރު ނުޖަހާ ސްޓީލް މައުދަނުންނެވެ. މީގެ އަވަންގެ އަގަކީ 800 އެމެރިކާ ޑޮލަރެވެ.