20 އޮކްޓޯބަރ 2018 - 07:11

އުއްބައްތި ދިއްލުމަކީ ކަރަންޓު ކެނޑޭ ވަގުތަށް ހާއްސަ ކަމެއް ނޫނެވެ. ބައެއް ފަހަރު ގޭތެރޭގެ މާހައުލު ބަދަލުކޮށްލުމަށާއި ގޭތެރޭން މީރު ވަސް ދުއްވާލުމަށް ވެސް މީހުން އުއްބައްތި ދިއްލާއުޅެއެވެ. އާދައިގެ އުއްބައްތިއެއް ދިއްލައިގެން ގިނައިރުތަކެއް ނުވަނީސް އުއްތައް ފައިބައި ހުޅުކޮޅު ކަނިވެ އެވެ. ބިއްލޫރިތަށީގައި ހުންނަ އުއްބައްތި ނިވުމުން ދިއްލުމަކީ ފަސޭހަކަމެއްނޫނެވެ. އަދި ގިނައިރު ދިއްލައިގެން ހުރުމުން ތަށީގައިވާ އުއްތައް ތިރިވެ، އިތުރަށް ރޯކުރަންޖެހުމުން އެކަން ވަނީ ބޮޑު ވޭނަކަށެވެ.

މިކަމަށް އެންމެ ފަސޭހަ އުއްބައްތިއަކީ ލޫމޯސް ކެންޑްލްއެވެ.
ލޫމޯސް އުއްބައްތި އަކީ ބިއްލޫރިތަށްޓެއް ތެރޭ ހުންނަ ގޮތަށް ފަރުމާކޮށްފައިވާ އުއްބައްތިއެކެވެ. މި ބައްތި އުފައްދާފައިވަނީ ދެ ބަޔަކަށެވެ. މި އުއްބައްތީގެ ފުލުގައި ހުންނަނީ ބެޓެރީ އާއި ކަރަންޓާ ގުޅޭ ސާމާނެވެ. މަތީގައިވަނީ ލަކުޑި ފީތާފަށަކާއި އޭގެ ވަށައިގެން މީރުވަސް ދުވާ އުއް އަޅާ ފުރާފައިވާ ތަށްޓެކެވެ. ތަފާތު ހަ ވަހެއް ދުވާ ގޮތަށް މީގެ އުއްބައްތި ވިއްކަން އެބަހުއްޓެވެ. އޭގެތެރޭގައި މަޑުމަޑު މީރު އޮރެންޖުވަހަކާއި، ހިތްގައިމު ލެވެންޑާގެ ވަހާއި، ޕީޗުން ދުވާ އަރާމު ވަހާއި، ގަސްގަހާގެހީގެ ތެތްފިނި ވަހާއި، އޯކިޑާއި ވެނީލާގެ މަޑުމަޑު ވަސް ހިމެނެއެވެ. މިއިން ކޮންމެ އުއްބައްތިއަކުން ވެސް ވަސް ދުވާނީ ފިތަކަށް ފިތާލުމުން އުއްބައްތީގެ ހުޅުކޮޅު ދިއްލުމުންނެވެ. ކިތަންމެ އިރަކު ދިއްލާފަ ހުއްޓަސް ފުމެލާފައި ނިވާނުލާހާ ހިނދަކު ލޫމޯސް އުއްބައްތިއެއް ނުނިވޭނެއެވެ.
ލޫމޯސް އުއްބައްތި ދިއްލެނީ މީގެ ބުޑުގައިވާ ފިތަށް ފިތާލުމުން މީގެ ފީތާފަށަށް އަންނަ ކަރަންޓުންނެވެ. ދުވާލަކު ހަތަރު ފަހަރު ދިއްލައިގެން ގެންގުޅޭ ނަމަ ހަތަރު މަސްދުވަހު މި ބައްތި ކާމިޔާބުކަމާއެކު ދިއްލޭނެއެވެ. ފުރާ އަޅާފައިވާ އުއް ކިތަންމެ ތިރިވިޔަސް އަލުން ދިއްލާކަށް ލައިޓަރެއް، އަލިފާންފޮށްޓެއް ބޭނުމެއް ނުވެއެވެ. ބުޑުގައިވާ ފިތަށް ފިތާލުމުން ދިއްލޭނެއެވެ. ޗާޖުކުރާކަށް ވެސް މިއީ އުނދަގޫ ބުޑުގަނޑެއް ނޫނެވެ. އާދައިގެ ފޯނު ޗާޖަރުން ބަރާބަރަށް ޗާޖުކުރެވޭނެއެވެ.
ރައްކާތެރިކަމުގެ ގޮތުން ބަލާއިރުވެސް ލޫމޯސް އުއްބައްތިއަކީ ނަމޫނާއެކެވެ. ބަރުދަނުގައި ހުންނަ އެންމެ 100 ގްރާމް، ފަހަރެއްގައި ނަމަވެސް އަރިއަޅާލުމަކުން ބުޑުގަނޑާއި އުއްބައްތިއާ ވަތްކެއް ނުވެއެވެ. ދިއްލަން އަލިފާން ރޯކުރަން ނުޖެހޭތީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި އުއްބައްތި ދިއްލޭނެއެވެ. ގޭގެ އެއްތަނުން އަނެއް ތަނަށް އުފުލާކަށް ވެސް ޖެހިލުން ވާކަށް ނުޖެހެއެވެ. ލޫމޯސް އުއްބައްތިއަކީ ކޮންމެ ހާލަތަކަށްވެސް ފުދޭ އުއްބައްތިއެކެވެ.