20 އޮކްޓޯބަރ 2018 - 11:52

މުމްބާއީ (އޮކްޓޯބަރު 20) - މުމްބާއީގެ އެއާޕޯޓުގައި އޮތް އެއާ އިންޑިއާގެ މަތިންދާ ބޯޓަކުން ވެއްޓުނު ކްރޫ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ އަށް ފަރުވާ ދޭ ހޮސްޕިޓަލުން ބުނެފި އެވެ.
އުމުރުން 53 އަހަރުގެ ހަރްޝާ ލޯބޯ ނަމަކަށް ކިޔާ އަންހެން ކްރޫ ވެއްޓުނީ ބޯއިން 777 ގެ ބޯޓުގެ ދޮރު ލައްޕަން އުޅެނިކޮށް ކަމަށްވެ އެވެ. އެއީ ދިއްލީ އަށް ފުރަން އޮތް ބޯޓެކެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ މުމްބާއީގެ ނަނަވަތީ ސުޕަ ސުޕެޝަލިޓީ ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލުން ބުނެފައި ވަނީ ބޯޓުން ވެއްޓުނު ކްރޫގެ ކަނާތުގެ ފައިގައި ރެނދުލައި ދެ ފައިގެ ފުންނާބު ފަޅައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން މެ އާއި ބަނޑާއި މާބަދައިގެ ކޮޅުގެ ސޮފްޓް ޓިޝޫ އިންޖަރީއެއް ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާގެ ކަރު ވެސް އެނބުރިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.