މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިފައި
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިފައި

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ހޭނެތިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިރުއޮއްސި 6:25 ހާއިރު އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި، ބަންގްލަދޭޝްގެ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. ސޯސަންމަގުން އެމްޑީޕީގެ އޮފީސް ކައިރީގައި ހިނގި އެ އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.

މި އެކްސިޑެންޓުވި އިރު، ސައިކަލް ދުއްވަން ހުރީ ދިވެއްސެކެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ހޭނެތުނީ ސައިކަލް ދުއްވަން އިން މީހާ އެވެ. އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށް ވެސް އެ މީހުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ދެ ފިރިހެނަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭޑީކޭ އިން އަދިއެއް ނުދެ އެވެ.

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، މާލެ އާއި ހުޅުލެ ގުޅުވައިލި ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގެ އިތުރުން، ހުޅުލެ ލިންކް ރޯޑްގައި ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ވަނީ އިތުރުވެފަ އެވެ.