18 އޮކްޓޯބަރ 2018 - 15:27

ވޮޝިންޓަން (އޮކްޓޯބަރު 18) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ދަތުރު ކުރެއްވި ބޯޓުގެ ކެބިން ތެރޭގައި ދުން ބޯވުމުގެ ސަބަބުން އެ ބޯޓު އަނބުރާ ޖައްސައިފި އެވެ.
"ހުރިހާ ކަމެއް ވެސް ރަނގަޅު. އެންމެން ވެސް ތިބީ ސަލާމަތުން،" މެލަނިއާގެ ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓަށް ދިމާވީ މެކޭނިކަލް މައްސަލައެއް ކަމަށެވެ.
އެންބީސީގެ ނޫސްވެރިއަކު ބުނީ ބޯޓުގައި ތިބި މީހުންނަށް ތެތް ދުވާއްޔެއް ދިނުމަށް ފަހު ވަނީ ދުން ވަސް މާގަދަ ނަމަ އެ ތުވާލި މޫނުގައި އެޅުމަށް ބުނެފައި ކަމަށެވެ.
ބޯޓު ވަނީ ފިލެޑެލްފިއާގައި ޖައްސައިފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އަނބިކަނބަލުންނާ ވާހަކަ ދައްކާފައިވާ ކަމަށެވެ.
މެލަނިއާ ދާދި ފަހުން ވަނީ ގާނާ އާއި މަލާވީ އާއި ކެންޔާ އަދި މިސްރަށް ދަތުރު ކުރައްވައިފަ އެވެ.