17 އޮކްޓޯބަރ 2018 - 21:20

އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު އައްޑޫން 19 އަހަރުގެ ދިވެހި ޒުވާން ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިއަދުގެ 16:44 ހާއިރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ޒުވާން ފިރިހެން މީހާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެ އެވެ.
ކޮންމެ ބާވަތެއްގެ މަސްތުވާތަކެއްޗެއް ނަމަވެސް ކިލޯއެއްހާ މަސްތުވާތަކެތި ގެންގުޅުނުކަން ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހެ އެވެ.