17 އޮކްޓޯބަރ 2018 - 12:43

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވައިފި.

އަޅުގަނޑު ދެން ވެސް ހުންނާނީ ލަފާދާރު ރައްޔިތެއްގެ ގޮތުގައި، ސިޔާސީ ޚިދުމަތުގައި.
ގައުމުގެ ސަލާމަތަށް ނުވިސްނާ ނަމަ އެކަމުގެ ނުރައްކާ އަޅުގަނޑުމެންނާ ކުރިމަތިވާނެ. އެންމެން ވެސް އެކަމަށް ވިސްނަން ޖެހޭނެ
އަޅުގަނޑާ ދޭތެރޭ ގޮތެއް ނިންމަވާއިރު ގައުމުގެ ހާލަތު ބަދަލުކުރެވިއްޖެތޯ، އިޖުތިމާއީ، އިގްސާދީ، ހާލަތު ރަނގަޅު ވިތޯ ވިސްނެވުން އެދެން. އަދި ގާނޫނީ ގޮތުން ހަމަހަމަކޮށް ކަންކަން ކުރުމަށް އަޅުގަނޑު ލޯބިކުރިންތޯ
އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް. އަޅުގަނޑު އައީ ގާނޫނު ތަންފީޒުކޮށްދޭން. ކަންތައް ކުރީ ގާނޫނީ އިމުގެ ތެރެއިން. އެކަމާ ކަންބޮޑުވާ ތިބި ބަޔަކު ތިބި ނަމަ އެކަމާ ކުރެވޭނެ ކަމެއް ނެތް.
އެކަމަކު އަޅުގަނޑަށް ވޯޓި ނުދެއްވާ ބޭފުޅުން ވެސް، ބޭރު މީހުންނަށް ޖާގަ ނުދީ ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށް އުންމީދުކުރަން.
އަޅުގަނޑުގަށް ވޯޓު ދެއްވި އެންމެންނަށާއި ނުދެއްވާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން.
ފެންނަމުން ދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން އުޅޭތަން. އަޅުގަނޑު ހުރިހާ ކަމެއް ވެސް ކުރީ އުސޫލުގެ ތެރެއިން. އެ ކަންކަން ބަދަލުވާ ތަން ފެނުމުން ކަންބޮޑުވޭ.
ދިވެހި ރައްޔިތުންނަކީ މައުސޫމް ބައެއް. އެކަމަކު އިސްކޮށް ތިބި މީހުން އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ ގައުމަށް ކުރިއެރުމެއް ނާންނާނެ. ހަމަޖެހުމެއް ނާންނާނެ.
މީހުންގެ ވިސްނުން ބަދަލުވަނީ ކޮން ނުފޫޒަކުން ކަމެއް އަޅުގަނޑަކަށް ނުވިސްނުނު. އަމިއްލަ މަސްލަހަތުގެ ކުރިއަށް ގައުމުގެ މަސްލަހަތު ކުރިއަށް ނެރެވުނު ތަނެއް މި ފަސް އަހަރަކު އަޅުގަނޑަކަށް ނުފެނުނު.
އަޅުގަނޑުގެ ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުން.
އަޅުގަނޑުގެ ހުރިހާ ސިޔާސަތެއްގެ އަސްލަކީ ގައުމުގެ ސަލާމަތް. މިކަމުގައި ސިޔާސީ ބައެއް ބޭފުޅުންނަށް އުނދަގޫވާ ކަންކަން ކުރެވިފައި ހުންނާނެ. އެކަމަކު އެ ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގައި.
އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ ވެސް ގުޅުން އޮންނަ ގައުމެއް. އެންމެ ގާތީ އަރަބި އިސްލާމީ ގައުމުތައް. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތައް ރާއްޖޭގެ ޚާރިޖީ ސިޔާސަތުން ޖާގަ ހޯދި. އެންމެ އުނދަގޫވި އެއް ކަމަކީ ކޮމަންވެލްތުން ވަކިވުމުގެ ނިންމުން.
ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް އިސްކަން ދީ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްކުރަން އިސްކަން ދިނިން.
އަބަދުވެސް އެންމެ އިސްކަން ދެނީ ގައުމީ ސަލާމަތަށް.
އަޅުގަނޑު މި ބައްދަލުކޮށްލީ އިހްލާސްތެރި ހިތަކާ އެކު. އަޅުގަނޑު މި ބައްދަލުކޮށްލީ އަޅުގަނޑުގެ ސިޔާސަތު ބައްޓަންކުރީ ކިހިނެއްކަން ކިޔައިދޭން. އަޅުގަނޑު ބޭނުންވީ ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދިނުން
ރައީސް ވާހަކަފުޅު ދައްވަނީ
ރައީސް އަބްދުﷲ ޔާމީން ގައުމާ މުޚާތަބުކުރެއްވުން 12:45 ގައި އޮންނާނެ ކަމަށް ރައީސްގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދެންމެ ވިދާޅުވެއްޖެ އެވެ. ރައީސް އެންމެ ފަހުން ގައުމާ މުޚާތަބުު ކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު ބަލި ގަބޫލުކުރެއްވުމުގެ ގޮތުންނެވެ.
ނަމަވެސް އޭގެ ފަހުން ރައީސް ވަނީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރައްވައި، އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.