18 އޮކްޓޯބަރ 2018 - 06:45
އާދައިގެ ސްމާޓްފޯންތަކުން ކުރެވޭ ހުރިހާ ބޭނުމެއް ކުރެވޭ ގޮތަށް، ކްރެޑިޓް ކާޑުގެ ސައިޒުގައި އެންޑްރޮއިޑް ފޯނެއް އުފައްދައިފި އެވެ.
އެމެރިކާގެ ކުންފުންޏަކުން "ޕާމް" ގެ ނަމުގައި އުފެއްދި މި ފޯނުން ހުރިހާ ބޭނުމެއް ކުރެވުނު ނަމަވެސް މީގައި ހެޑްފޯން ޖެކެއް އަދި ވަޔަލެސް ޗާޖިންއެއް ނުހިމެނެ އެވެ.
މި ފޯނު އުފެއްދި ކުންފުނީގެ މަގްސަދު ވަރަށް ތަފާތެވެ. އެ މީހުން ބުނަނީ ބޭނުމަކީ އާންމުކޮށް ގެންގުޅޭ ފޯނަށް ހުސް ވަގުތު ދިނުމަށް ފަހު، ހުރިހާ ކަމެއް ކޮށްލެވޭ ކުޑަ ފޯނެއް ގެންގުޅޭނެ ފުރުސަތު ދިނުން ކަމަށެވެ.
އަންނަ މަހު ބާޒާރަށް ނެރޭ މި ފޯނުގެ އަގަކީ 349 ޑޮލަރެވެ. އެކަމަކު މި ފޯނު އަދި ބޭންކުރެވޭނީ އެމެރިކާގެ ވެރިޒަންގެ ނެޓްވޯކްގައި އެކަންޏެވެ.
މި ފޯނުގެ ތަފްސީލުގައި ބުނެފައި ވަނީ މިއީ އެ މީހެއްގެ އަމިއްލަ ފޯނާ ސިންކް ކޮށްލައިގެން، އެ މީހަކު ދާ ކޮންމެ ތަނަކަށް ގެންދެވޭނެ ފޯނެއް ކަމަށެވެ.
މި ފޯނު ޕްރޮމޯޓް ކުރުމަށް، އެކި ފަންނުތަކުގައި މަޝްހޫރު މީސްމީހުން ބޭނުންކުރެ އެވެ.
ޓެކްނޮލޮޖީ ވެބްސައިޓްތަކުގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ސްމާޓް ފޯނުގެ ނަމުގައި، ކުދި ފޯނުތައް ބާޒާރަށް ނެރެ ނާކާމިޔާބު ވެފައިވާ ކަމަށެވެ. އެކަމަކު "ޕާމް" ގައި ތަފާތު ސިފަތަކެއް އެބަހުރި ކަމަށާއި މިއީ ކާމިޔާބުވުން އެކަށީގެންވާ އުފެއްދުމެއް ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.