ބ. އަތޮޅުގެ ދެ ފަޅުރަށެއް 10 އަހަރަށް ވަރުވާއަށް
ބ. އަތޮޅުގެ ދެ ފަޅުރަށެއް 10 އަހަރަށް ވަރުވާއަށް

ބ. އަތޮޅުގެ ދެ ފަޅު ރަށެއް 10 އަހަރަށް ވަރުވާ އަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ އަތޮޅު ގެމެންދު އާއި ދަކަންދޫ ވަރުވާ އަށް ދީފައިވަނީ ޅ. ހިންނަވަރު، ކަޝްމީރުގެ، އިބްރާހީމް ރާމީ ކިޔާ މީހަކަށެވެ.

ކެންދޫ ކައިރީގައި އޮންނަ ގެމެންދު އަކީ 1.18 ހެކްޓަރުގެ ރަށެކެވެ. އެއީ ކެންދޫ މީހުން އާންމު ގޮތެއްގައި ދަތުރު ދިއުމަށް މިހާތަނަށް ބޭނުން ކުރަމުން އައި ރަށެވެ. ދަކަންދު އަކީ 6.50 ހެކްޓަރުގެ ބޮޑު ފަރެއް އޮންނަ ރަށެކެވެ.

އެ ދެ ރަށް ވަރުވާ އަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކުރީ ވަކިންނެވެ. އިތުރު 24 ރަށަކާއެކު ދަކަންދޫ ވަރުވާ އަށް ދޫކުރަން އިއުލާނުކުރީ މާޗު 20، 2018ގަ އެވެ. ވަރުވާ އަށް ގެމެންދޫ ދޫކުރަން އިއުލާނުކޮށްފައިވަނީ އޭޕްރީލް 10، 2018ގަ އެވެ.

މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ގިނަ ރަށްތަކެއް ވަރުވާ އަށް ދޫކުރަން އިއުލާނުކޮށްފަ އެވެ.