16 އޮކްޓޯބަރ 2018 - 07:19

ސްނެޕްޗެޓްގެ ފިލްޓާތައް ބައިވަރެވެ. އަނެއްކާ ވެސް އާ ފީޗާއެކެވެ. އެކަމަކު މި ފަހަރު ފިލްޓާ ހާއްސައީ ބުޅަލަށެވެ.
ބުޅާ ގެންގުޅޭ މީހުންނަށް މިއީ ވަރަށް ވެސް ހާއްސަ ފީޗާއަކަށް ވާނެ އެވެ. މި ފިލްޓާ ބޭނުންކޮށްގެން ބުޅާތައް އިތުރަށް ފަރިކޮށްލެވޭނެ އެވެ.
ސްނެޕްޗެޓުން މި ކޮށްދިން ކަމަށްޓަކައި ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މިއީ ވަރަށް ބޭނުންވެފައި ތިއްބައި އިތުރުކޮށްލަ ދިން ފީޗާއެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ދެހާސް އެގާރައިގައި ވުޖޫދަށް އައި ސްނެޕްޗެޓަކީ މިހާރު 187 މިލިއަން އަހުލުވެރިންގެ މައިދާނެކެވެ.