ފަސް އަހަރުތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު
ފަސް އަހަރުތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ބަދަލުކުރަން މަސައްކަތް ފަށާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު
ފަސް އަހަރުތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު

މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގަދަ ދިހައެއްގައި ހޮވުނު ދަރިވަރުންނަށް އިނާމު ދޭން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.

ފަސް އަހަރުތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު
ފަސް އަހަރުތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު

ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު މަތިކުރަން ފެށި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ހުރިހާ ޓީޗަރުން ޑިޕްލޮމާއަށް ބަދަލުކުރެވިފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވެސް އަންނަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސްކޫލުތަކުގެ ހުރިހާ ދަރިވަރުންނަށް އުނގަންނައިދެވޭ އެއްޗެއް ދަސްވާކަން ޔަގީން ކުރުމަކީ ތައުލީމީ ދާއިރާއަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން މުހިއްމުކަމެއް ކަމަށާއި 2014 ވަނަ އަހަރު ތައާރަފްކުރި އާ މަންހަޖު ހިތްހަމަޖެހޭ ވަރަށް ތަންފީޒުވަމުން އަންނަ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު 5011 ދަރިވަރުން އޯ ލެވެލް އިމްތިހާނު ހެދި އިރު 504 ދަރިވަރުން ވަނީ އޯ ލެވެލްގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. އެކި މާއްދާތަކުން ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 40 ދަރިވަރުން ހިމެނިފައިވާއިރު އޭގެ ތެރެއިން ފަސް ދަރިވަރުން ވަނީ ދުނިޔެއިން އެއް ވަނަ ހޯދައިފަ އެވެ.

އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ޕަސެންޓު އުޅެނީ 55.7 ގަ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 3.7 ގެ ކުރިއެރުމެކެވެ.