ކަނޑު އަޑިއަށް ފޮނުވަން މިވެސް މޮޅު ޑްރޯންއެއް
ކަނޑު އަޑިއަށް ފޮނުވަން މިވެސް މޮޅު ޑްރޯންއެއް

ގްލޭޑިޔަސް އެޑްވާންސްޑް ޕްރޯއަކީ ކަނޑުއަޑީގެ ޑްރޯންގެ ދުނިޔޭގައި ފިޔަޖަހަމުން އަންނަ، އިތުބާރު ބޮޑު ޑްރޯނެކެވެ. މިފަހަރު ނުކުތީ މީގެ މިނީ ޑްރޯން އެވެ.

ކަނޑު އަޑިއަށް ފޮނުވަން މިވެސް މޮޅު ޑްރޯންއެއް
ކަނޑު އަޑިއަށް ފޮނުވަން މިވެސް މޮޅު ޑްރޯންއެއް

ގްލޭޑިޔަސް އެޑްވާންސްޑް ޕްރޯއާ އަޅައިބަލާއިރު ގްލޭޑިޔަސް މިނީއަކީ ކުޑަ ޑްރޯނެކެވެ. އެކަމަކު ކުރެވޭ ކަންކަން ވަކި ދެރައެއް ނޫނެވެ. އިތުރު ބައެއް ފީޗާތައް ވެސް އެބަހުއްޓެވެ. މި ދެ ޑްރޯންގެ އެންމެ ބޮޑު ތަފާތަކީ ސައިޒުގެ ތަފާތެވެ. އެޑްވާންސްޑް ޕްރޯގެ ބޮޑުމިނުގައި 17 އިންޗި، 10 އިންޗި ހުރެއެވެ. މިނީގައި ހުންނަނީ 15 އިންޗި، 8 އިންޗިއެވެ. އެޑްވާންސްޑް ޕްރޯގެ ބަރުދަނުގައި 3 ކިލޯ ހުއްޓަސް، މިނީގައި ހުންނަނީ 2.5 ކިލޯއެވެ. އެހެންވިޔަސް މި ދެ ޑްރޯންއަށްވެސް ކަނޑުގެ އަޑިން 100 މީޓަރަށް ފޯރުމުގެ ގާބިލްކަން ލިބިފައިވެއެވެ.

ކަނޑު އަޑިއަށް ފޮނުވަން މިވެސް މޮޅު ޑްރޯންއެއް
ކަނޑު އަޑިއަށް ފޮނުވަން މިވެސް މޮޅު ޑްރޯންއެއް

އެޑްވާންސްޑް ޕްރޯއާއި މިނީގެ ދެން އެއްގޮތް އަނެއް ސިފައަކީ ކެމެރާ ކުރުމުގެ ކުޅަދާނަކަމެވެ. މި ދެ ޑްރޯންގައި ވެސް 4ކޭ ފެންވަރުގެ ވީޑިޔޯ ނެގެއެވެ. ކެމެރާގައި ހުންނަނީ 12 މެގަޕިކްސަލްއެވެ. ދެ ލެޑް ސްޕޮޓްލައިޓާއި ސިކުންތަކު 2މީޓަރަށް ދުވުމުގެ ބާރު ވެސް މި ދެ ޑްރޯނަށް ވަނީ ލިބިފައެވެ. ބެޓެރީގެ ބާރަށް ބަލާއިރު މޮޅީ އެޑްވާންސްޑް ޕްރޯއެވެ. މީގައި ތިން ގަޑިއިރުގެ ޗާޖު ހިފަހައްޓާލައެވެ. އެކަމަކު މިނީއަށް ދުއްވެނީ ދެ ގަޑިއިރެވެ.

ގްލޭޑިޔަސް މިނީއިން ނަގާ ފޮޓޯތަކާއި ވީޑިއޯތައް ރިކޯޑުކުރަނީ މީގައިވާ އެސްޑީ ކާޑަކަށެވެ. ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި މި ވީޑިޔޯތައް ޝެއާކުރެވެއެވެ. ސްމާޓްފޯން އެޕެއްގެ އެހީގައި ގްލޭޑިޔަސް މިނީގެ ކޭބަލްއާ ގުޅުވައިދެނީ ވައިފައިކޮށެވެ. މީގެ އިތުރުން ޖޯއިސްޓިކް ޖޯޑަކުން ވެސް ގްލޭޑިޔަސް މިނީ އާ ގުޅުވައިދޭ ގޮތަށް ހަދާފައިވެއެވެ.

ގްލޭޑިޔަސް އެޑްވާންސްޑް ޕްރޯ އާއި މިނީއާ ހުރީ އެންމެ ދެ ތަފާތެކެވެ. އެއީ ބުރަފަތީގެ އަދަދާއި 45 ޑިގްރީއަށް އެނބުރިގެން ހުރެ ފީނުމުގެ ބާރެވެ. މިނީގެ އެއް ބުރަފަތި އިތުރެވެ. އެއީ ކަނޑުއަޑީގައި އޮއިވަރުގެތެރޭގައި ހިފެހެއްޓުމުގެ ބާރު މިނީއަށް އިތުރަށް ލިއްބައިދޭ ބުރަފައްޗެކެވެ. އެޑްވާންސްޑް އާ ޚިލާފަށް މިނީއަކީ 45 ޑިގްރީއަށް އެނބުރި އޮވެ، ކަނޑުއަޑީގެ މަންޒަރުތައް ބަރާބަރަށް ނަގަމުން ކުރިއަށްދުވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯނެކެވެ.

ގްލޭޑިޔަސް އެޑްވާންސްޑް ޕްރޯއާއި މިނީއަކީ ވެސް ކަނޑުއަޑީގެ ޑްރޯންތަކުގެ ތެރޭން މިހާރު އެންމެ އިތުބާރުބޮޑު ޑްރޯންކަމަށްވުން އެކަށީގެންވެއެވެ.