15 އޮކްޓޯބަރ 2018 - 07:36

އަންގާރަ ދުވަހުގެ ރޭ ސައުދި އަރަބިއްޔާގައި ޖެރާޑް ބަޓްލާގެ އާ ފިލްމު "ހަންޓާ ކިލާ" ޕްރިމިއާ ކުރަން ނިންމާފައިވާތީ، އެ ފިލްމު އެ ގައުމުގައި ޕްރޮމޯޓް ކުރަން ޖެރެޑާއި އޭނާގެ ޓީމުން ކުރަން އޮތް ސައުދީ ދަތުރު ކެންސަލްކޮށްފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ޖެރާޑްގެ ސައުދީ ދަތުރު ކެންސަލް ކުރަން ނިންމީ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީ ތުރުކީގައި މަރައިލި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ސައުދީ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރި، އެ ގައުމުން ވަނީ ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ފިލްމު ޕްރޮމޯޓް ކުރަން ސައުދީ އަށް ޖެރާޑް ކުރަން އޮތް ދަތުރު ކެންސަލް ކުރުމާ ގުޅިގެން، ރިޔާދުގައި ބާއްވާ "ހަންޓާ ކިލާ" ގެ ޕްރިމިއާ ކުރިން ރޭވިހާ ކުލަގަދަކޮށެއް ކުރިއަކަށް ނުދާނެ އެވެ.
މިކަމާ ބެހޭ ގޮތުން ޖެރާޑްގެ ތަރުޖަމާން ބުނީ "މި ދަނޑިވަޅަކީ ސައުދީ އަށް ގޮސް، ފިލްމު ޕްރޮމޯޓް ކުރަން މުނާސަބު ވަގުތެއް ނޫން ކަމަށް ޖެރާޑް ދެކޭ" ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ސައުދީގެ ސިނަމާތައް އަލުން ހުޅުވައި، ފިލްމުތައް ދައްކަން ފެށި ފަހުން، އެ ގައުމަށް ފިލްމުތައް ޕްރޮމޯޓް ކުރަން ޒިޔާރަތް ކުރާ ތަރިންގެ އަދަދު ފާއިވު އަހަރެއްހާ ދުވަހުގެ ތެެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.
ޑޮނޮވޮން މާޝް ޑައިރެކްޓްކޮށްފައިވާ ޖެރާޑްގެ "ކިލާ ހަންޓާ" އަކީ އެކްޝަން ތުރިލާއެކެވެ.
މި ފިލްމު ރަސްމީކޮށް ސިނަމާތަކަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި މި އަހަރު ބޭއްވި 90 ވަނަ އޮސްކާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ގެރީ އޯލްޑްމަން އާއި ކޮމަން އަދި ޓޮބީ ސްޓެފެންސް ހިމެނެ އެވެ.