މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް
މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް

އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ މާދަމާގެ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުން ނަން ނޯޓު ކުރުން އޮންނާނީ ހެނދުނު 8:30 އިން 9:45 އަށް ކަމަށް ޖުޑީޝަލް ޑިޕާޓްމަންޓުން ބުނެފި. މާދަމާގެ ޝަރީއަތުގެ އަޑުއެހުން ފަށާނީ ހެނދުނު 10:30 ގައި.

މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް
މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް

ގާނޫނީ ވަކީލް ހިސާން ހުސައިން: ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލަ އަކީ އެއްވެސް އަސާސެއްގެ މައްޗަށް ބަލައިގެން ހުށަހަޅާފައިވާ ޝަކުވާތަކެއް ނޫން. މިއީ އެބޭފުޅުންނަށް ބަލި ގަބޫލު ނުކުރެވިގެން ކޮންސްޕިރަސީ ތިއަރީތަކެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް. ހެއްކާއި ގަރީނާއެއް ވެސް އެބޭފުޅުން ހުށަހަޅުއްވައިފައެއް ނެތް. ސުޕްރީމް ކޯޓުން ކުރިން ނެރުނު ގައިޑްލައިނާ ޚިލާފަށް އެއްވެސް ކަމެއް ހިނގި ކަމަކަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅައިފައެއް ނެތް.

މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް
މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް

މިއަދުގެ ޝަރީއަތުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދައުވާ ހުށަހެޅުމާއި އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަނުން ޖަވާބުދާރީވުން.

މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް
މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް

ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން މިއަދަށް ނިންމާލައިފި. އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30 ގައި އޮންނާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމައިލައްވަމުން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި.

މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް
މާދަމާގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރުން ހެނދުނު 8:30-9:45 އަށް

ޝަރީއަތް 15 މިނިޓަށް މެދުކަނޑާލައިފި.

ސުޕްރީމް ކޯޓުގައި ޝަރީއަތް ފެށިގެން ކުރިއަށް ގެންދާއިރު، އެ ކޯޓުގެ ހުޅަނގު ކަންމަތިން ކުރިމަތީގައި ހުންނަ ޔުނިވާސަލްގެ އިމާރާތުގެ ގޯޅިގަނޑުގެ ތެރޭގައި އަދިވެސް އިދިކޮޅު މީހުން އެބަތިބި. އަދި އެ ސަރަހައްދުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.

ސުޕްރީމް ކޯޓު ސަރަހައްދުން ދެންމެ ވަނީ މީހަކު ހައްޔަރު ކޮށްފައި. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައި.

އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު 1:00 ގައި ފަށާފައިވާއިރު އަދިވެސް އެ ޝަރީއަތް ނުނިމޭ.

ބޮޑު ތަފާތަކުން ބަލިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމާ ދިމާކޮށް ސުޕްރީމް ކޯޓު ދޮށަށް އެއްވި މީހުން، ދުރަށް ޖައްސައި، ސިފައިންނާއި ފުލުހުން ފޯރި މަރަން ފަށައިފި އެވެ.

ނިމިފައިވާ ރިޔާސީ އިންތިހާބެއް ބާތިލްކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައި އޮތީ މިއަދު މެންދުރު 1:00 އަށެވެ. އެކަމަކު ހެނދުނުއްސުރެ އެތައް ބަޔަކު ތިބީ އަޑުއެހުމަށް ވަންނަން ކިޔޫ ހަދައިފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރާއި ޕީޕީއެމްގެ ބައެއް ބޭފުޅުން ވެސް ތިއްބެވި އެވެ.

ސުޕްރީމް ކޯޓު ދޮށަށް ގިނައިން އެއްވީ، އޮމާންކަމާ އެކު ނިމުނު އިންތިހާބު ބާތިލްކުރަން ޝަރީއަތަށް ހުށަހެޅުމުން ހިތްހަމަނުޖެހިފައި ތިބި އާންމުންނެވެ. އެކަމަކު ޕީޕީއެމްގެ ބައެއް ސަޕޯޓަަރުން ވެސް، އެއްވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ފުލުހުންނާއި ސިފައިން އާންމުން ދުރުކުރަން ފެށީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޒުވާބު ކުރަން ފެށުމުންނެވެ. އާންމުން ފަހަތަށް ޖެއްސީ، ސުޕްރީމް ކޯޓުގެ އިރުމަތީ ކޮޅުން، އެސްޓީއޯ ސުޕަމާޓާ ހަމައަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުޅަނގު ކަންމަތިން ކުރިމަތީގައި ހުންނަ ޔުނިވާސަލްގެ އިމާރާތުގެ ގޯޅިގަނޑުން މީހުން ދުރެއް ނުކުރެ އެވެ. ޔުނިވާސަލްގެ އިމާރާތުގެ ކަންމަތީގައި ބެރިކޭޑް ޖަހާފައި، އޭގެ ފަހަތުގައި އާންމުން ތިބެން ވަނީ ދޫކޮށްލައިފަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓާ އެންމެ ކައިރީގައި ތިބީ އެ ގޯޅިގަނޑަށް އެއްވެފައިވާ އާންމުންނެވެ.

އެކަމަކު ފަހުން ސްޕެޝަލް އޮޕަރޭޝަންސްގެ ފުލުހުން ގޮސް، އެ ގޯޅުގަނޑުން ވެސް މީހުން ދުރަށް ދާން އެންގި އެވެ. އޭގެ އިތުރުން ފަހުން ފުލުހުން ވަނީ ޝީލްޑާ އެކު ސުޕްރީމް ކޯޓު ކައިރިިން، އޯކިޑް މަގުގައި އެތުރިފަ އެވެ.

އިދިކޮޅު މީހުން އަޑުއުފުލަމުން ދަނީ އިންތިހާބު ބާތިލްކޮށްގެން ނުވާނެ ކަމަށް ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ދައުވާ ލިބޭ ގޮތަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލާގައި އެދިފައި ވަނީ އިންތިޚާބާ ގުޅިގެން ޕީޕީއެމުން ފާހަގަކުރި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށާއި އަދި އިންތިހާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލައިގެ ތެރެއަށް އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތްޕުޅުން ވެސް މިހާރު ވަނީ ވަދެފަ އެވެ.

ރައީސް ޔާމީން ބަލިކޮށް، ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ، 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.