ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިހާރު ސިނަމާގައި އޮތް އަޔޫޝްމަން ކުރާގެ "އަންދާދުން" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އޭނާ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ. އަދި މަސައްކަތް ފަށާނެ އިރެއް އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ނަމަކީ "ގޫގްލީ" އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ ސަސްޕެންސް ތުރިލާ އަށް "އަންދާދުން" އަށް ފަހު، މި މަހުގެ 19 ވަނަ ދުވަހު އަނެއްކާ ވެސް އަޔޫޝްމަންގެ އާ ފިލްމެއް ސިނަމާތަނަށް އަންނާނެ އެވެ. އެއީ "ބަދާއީ ހޯ" އެވެ. މި ފިލްމުގައި އޭނާ ފެނިގެން ދާނީ "ޑަންގަލް" އިން ވިދައިލި ބަތަލާ ސާނިޔާ މަލްއުތުރުއާ އެކުގަ އެވެ. "ބަދާއީ ހޯ" އަކީ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަ ޒުވާން ފިރިހެނެއްގެ އުމުރުން ދުވަސްވީ މަޔަކު ބަނޑުބޮޑުވުމުން ހިނގާ މަޖާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

އަޔޫޝްމަންގެ "އަންދާދުން" ގެ ބަތަލާއިންނަކީ ތައްބޫ އާއި ރާދިކާ އަޕްޓޭ އެވެ. ކްރިޓިކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އަޔޫޝްމަންގެ އެންމެ ފުރިހަމަ އެކްޓިންއެއް މިހާތަނަށް ފެނުނު ފިލްމެވެ.

އެކްތާ ކަޕޫރްގެ ބަލާޖީން ޕްރޮޑިއުސް ކުރާ "ގޫގްލީ" އިން އަޔޫޝްމަން ފެނިގެން ދާނީ އަރަމުން އަންނަ ބަތަލާ ނުޝްރަތު ބަރޫޗާއާ އެކުގަ އެވެ. މިއީ މި ދެ ތަރިންގެ ޖޯޑު ސްކްރީނުން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

ނުޝްރަތުއަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކޭ ސްވީޓީ" އެވެ. "ގޫގްލީ" އަށް އޭނާ ސޮއި ކުރި އިރު، ރާޖްކުމާރް ރާއޯ ބަތަލުގެ ރޯލް ކުޅޭ އަދި ހެންސަލް މެހެތާ ޑައިރެކްޓް ކުރާ "ތުއްރަން ހާން" ގެ ބަތަލާއަކީ ވެސް ނުޝްރަތު އެވެ.

"ގޫގްލީ" ޑައިރެކްޓް ކުރަނީ ޖޯން އަބްރަހަމްގެ "ވެލްކަމް ބެކް" އާއި ސަންޖޭ ދަތުގެ "ބޫމީ" ފަދަ ފިލްމުތައް ލިޔުނު ރާޖް ޝާންޑިލިޔާ އެވެ. މި ފިލްމުވެގެން ދާނީ އޭނާގެ އަލަތު ޑައިރެކްޝަނަށެވެ.

ޕްރިޔަންކާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަންޒަރުތަކެއް ލަންޑަނުގައި ނަގަން ފަށައިފި އެވެ. ފިލްމުގެ ކާސްޓާއި ކްރޫ މިހާރު ތިބީ އިނގިރޭސިވިލާތުގަ އެވެ.

ފެބުރުއަރީ، 22، 2019 ގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ "ދަ ސްކައި އިޒް ޕިންކް" އަކީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރްގެ ރޯއި ފިލްމްސް އާއި ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ އާރްއެސްވީޕީ އަށް ސޮނާލީ ބޯސް ޑައިރެކްޓް ކުރާ ބައޮގްރަފިކަލް ޑްރާމާއެކެވެ.

މީގައި ކިޔަޢީ ދޭނީ އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކަރު އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ އެވެ. "ދަ ސްކައި އިޒް ޕިންކް" ގައި އައިޝާގެ ރޯލް ކުޅެނީ "ޑަންގަލް" އިން ވިދައިލި ޒުވާން ބަތަލާ ޒާއިރާ ވަސީމެވެ. ޕްރިޔަންކާ ޗޯޕްޅާ އާއި ފަރްހާން އަހްތަރު ފެނިގެން ދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.

އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވުމުގެ ކުރިން އެމްޓީޥީ ފަދަ ޒުވާނުންގެ މެދުގައި މަގުބޫލު ޓީވީ ޗެނެލްތަކުގައި ވީޖޭއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަދިތިޔާ ރޯއި ކަޕޫރް އަނެއްކާ ވެސް ޓީވީ އަށް އެނބުރި އަންނަން ތައްޔާރު ވާން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒުވާން އެކްޓަރު މި ފަހަރު ފެނިގެން ދާނީ ފިޓްނެސްއާ ގުޅުން ހުރި ރިއަލިޓީ ޝޯއަކުންނެވެ. އެކަމަކު ޝޯ އާއި ޝޯ ގެނެސްދޭނެ ޗެނެލްއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

"އާޝިގީ 3" ފަދަ ފިލްމުތައް ކުޅެފައިވާ 32 އަހަރުގެ އެކްޓަރު މިހާރު އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަހޭޝް ބަޓް ޑައިރެކްޓް ކުރާ "ސަޅަކް 2" ހިމެނެ އެވެ.

ކަލާޒުން ގެނެސްދޭ ކާމިޔާބު ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް" އާ ސީޒަން މި މަހުގެ 20 ގައި ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ. އެކަން މި ޝޯގެ ޖަޖުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"އިންޑިއާސް ގޮޓް ޓެލެންޓް" ގެ އާ ސީޒަން 20 ގައި ފަށާ އިރު، ކަރަން ހޯސްޓް ކުރާ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން މި މަހުގެ 21 ގައިި ސްޓާ ވޯލްޑް އިން ދައްކަން ފަށާނެ އެވެ.

އިންޑިއާ ރައްޔިތުންތަކެއްގެ އާދަޔާހިލާފު ހުނަރުތައް ގެނެސްދޭ "އިންޑިއާސް ގޮޓް ޓެލެންޓް" ގައި ކަރަންއާ އެކު ދެން ހިމެނޭ ޖަޖުންނަކީ މަލައިކާ އަރޯރާ އާއި ކިރަން ކޭރް އެވެ. މި ފަހަރު ގެނެސް ދެނީ ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ގެނެސްދޭ މި ޝޯގެ 8 ވަނަ ސީޒަނެވެ.

ޝޯގެ އެންމެ ފަހުގެ ސީޒަން ގެނެސް ދިނީ 2016 ގަ އެވެ. "އިންޑިއާސް ގޮޓް ޓެލެންޓް" ގެ ދެ އެޕިސޯޑް ކޮންމެ ހަފުތާއަކު ވެސް ގެނެސް ދޭނެ އެވެ. އެއީ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރެ އެވެ.

"ކަހާނީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސުޖޯއި ގޯޝް ނެޓްފްލިކްސް އަށް ވެބް ސީރީޒެއް ޑައިރެކްޓްކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެއީ ބިރުވެރި ވާހަކައަކަށް "ޓައިޕް ރައިޓާ" ގެ ނަމުގައި ހަދާ އެއްޗެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ވަރަށް އަވަހަށް ރަސްމީކޮށް ނެޓްފްލިކްސް އިން އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ދެހާސް ބާރައިގައި ރިލީޒް ކުރި "ކަހާނީ" ގެ ދެވަނަ ބައި "ކަހާނީ 2" 2016 ގައި ގެނެސް ދިނުމަށް ފަހު، ބެލުންތެރިންނަށް ދެން ސުޖޯއި ގެނެސް ދޭނީ "ބަދުލާ" ކިޔާ ތުރިލާއެކެވެ.

މިހާރު ޝޫޓިން ވެސް ނިންމާފައިވާ މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ދާނީ އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫ އެވެ. "ބަދުލާ" ގެ އެއް ޕްރޮޑިއުސަރަކީ ޝާހްރުކް ހާނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މާޗް، 8، 2019 ގަ އެވެ.