ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައި އަންވަރު އަލުން ސިޔާސީ ދާއިރާ އަށް
ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައި އަންވަރު އަލުން ސިޔާސީ ދާއިރާ އަށް

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 13) - ޕޯޓް ޑިކްސަންގެ ޕާލަމެންޓް ގޮނޑި ކާމިޔާބު ކުރައްވައި މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް އަލުން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންފި އެވެ.

ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައި އަންވަރު އަލުން ސިޔާސީ ދާއިރާ އަށް
ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައި އަންވަރު އަލުން ސިޔާސީ ދާއިރާ އަށް

އިލެކްޝަން ކޮމިޝަނުން ބުނީ މިއަދު ބޭއްވި އިންތިޚާބުގައި އަންވަރު ވަނީ 71 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިފައި ކަމަށެވެ. ހަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބުގައި އަންވަރު ވަނީ 31،016 ވޯޓު ހޯއްދަވައިފަ އެވެ. އަންވަރާ އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓަށް ވެސް ލިބިފައި ވަނީ 7،456 ވޯޓެވެ.

ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައި އަންވަރު އަލުން ސިޔާސީ ދާއިރާ އަށް
ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައި އަންވަރު އަލުން ސިޔާސީ ދާއިރާ އަށް

"ނަތީޖާއާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ވެސް ރަހުމަތް ލައްވާށި،" ކާމިޔާބަށް ފަހު އަންވަރު ވިދާޅުވި އެވެ.

އަންވަރު ޕާލަމެންޓަށް ގެނައުމަށްޓަކައި ވެރިކަން ކުރާ ކޯލިޝަނުގެ މެންބަރަކު ވަނީ އިސްތިއުފާ ދީފަ އެވެ.

މެލޭޝިއާގައި މެއި މަހު ބޭއްވި އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ކަމަށް މަހާތިރު މުހައްމަދު ވަޑައިގަތުމާ އެކު އުމުރުން 71 އަހަރުގެ އަންވަރު ވަނީ ޖަލުން ސަލާމަތްކޮށްފަ އެވެ. މަހާތިރާއި އަންވަރާ ދެމެދު ކުރިން އޮތް ރުޅިވެރިކަން އެއްފަރާތްކޮށް، ދެ ބޭފުޅުން ގުޅިވަޑައިގެންނެވީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގައި ކޮރަޕްޝަން ބޮޑުވުމުންނެވެ.

މަހާތިރު ވިދާޅުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައި، ބޮޑު ވަޒީރުކަން އަންވަރަށް ހަވާލު ކުރައްވާނެ ކަމަށެވެ.