އެމެރިކާ އަށް އެރީ 'ބޮންތަކުގެ މަންމަ' ވަރުގެ ބާރުގަދަ ތޫފާނެއް
އެމެރިކާ އަށް އެރީ 'ބޮންތަކުގެ މަންމަ' ވަރުގެ ބާރުގަދަ ތޫފާނެއް

ފްލޮރިޑާ (އޮކްޓޯބަރު 13) - އެމެރިކާ އަށް އަރާފައިވ ވަނީ "ބޮންތަކުގެ މަންމަ" ވަރުގެ ބާރުގަދަ ތޫފާނެއް ކަމަށާއި ތޫފާން މައިކަލްގެ ސަބަބުން ފްލޮރިޑާގެ އައްސޭރި ސަރަހައްދު ވަނީ ބިމާ ހަމަކޮށްލާފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

އެމެރިކާ އަށް އެރީ 'ބޮންތަކުގެ މަންމަ' ވަރުގެ ބާރުގަދަ ތޫފާނެއް
އެމެރިކާ އަށް އެރީ 'ބޮންތަކުގެ މަންމަ' ވަރުގެ ބާރުގަދަ ތޫފާނެއް

ފްލޮރިޑާ އަށް ތޫފާން އެރި އިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 155 މޭލު (250 ކިލޯ މީޓަރު) ގެ ބާރު މިނުގަ އެވެ. ބުދަ ދުވަހު ތޫފާން އެރި އިރު ހުރީ ކެޓަގަރީ ހަތަރެއްގަ އެވެ. އިތުރަށް ގަޑިއަކު ދެ މޭލަށް ވައި ބާރުވި ނަމަ އެއީ ދުނިޔޭގެ އެންމެ ބާރުގަދަ ތޫފާންތައް ކަމަށް ބެލެވޭ ކެޓަގަރީ ފަހަކަށް އަރާނެ އެވެ. އަދި އެއީ އެމެރިކާ އަށް އެރި ތިން ވަނަ އަށް އެންމެ ބާރުގަދަ ތޫފާނުގެ ގޮތުގައި ވަނީ ރެކޯޑްކޮށްފަ އެވެ. ތޫފާނުގައި މިހާތަނަށް މަރުވި ކަމަށް ވަނީ 16 މީހުންނެވެ. ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހިސާބުތަކަށް ރެސްކިއު ޓީމުތަކަށް އަދިވެސް ނުދެވެ އެވެ.

އެމެރިކާ އަށް އެރީ 'ބޮންތަކުގެ މަންމަ' ވަރުގެ ބާރުގަދަ ތޫފާނެއް
އެމެރިކާ އަށް އެރީ 'ބޮންތަކުގެ މަންމަ' ވަރުގެ ބާރުގަދަ ތޫފާނެއް

ތޫފާނުގެ ސަބަބުން ފްލޮރިޑާ، އަލަބާމާ، ޖޯޖިއާ އަދި ވާޖީނިއާ އިން ވަނީ މިލިއަނަކަށް ވުރެ ގިނަ ގެއިން ކަރަންޓް ކެނޑިފަ އެވެ.

އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ކަރެން އެންޑް ކޮމްޕެނީން ބުނީ ތޫފާން މައިކަލްގައި ލިބުނު ގެއްލުންތައް އަށް ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.