ރެއިންބޯގެ އޮންލައިން ސްޓޯރު ލޯންޗުކޮށްފި
ރެއިންބޯގެ އޮންލައިން ސްޓޯރު ލޯންޗުކޮށްފި

ފަރުނީޗަރު ވިއްކުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ރެއިންބޯގެ އޮންލައިން ސްޓޯރު އިއްޔެ ލޯންޗުކޮށްފި އެވެ.

އެ ކުންފުނީގެ 28 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ރެއިންބޯ ލިވިން މޯލްގައި ބޭއްވި ރަސްމިއްޔާތުގައި އޮންލައިން ސްޓޯރު ލޯންޗުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގެވެ.

ރެއިންބޯއިން ބުނީ އެ ކުންފުނީގެ ފިހާރަތަކުގައި ލިބެން ހުރި ހުރިހާ ޕްރޮޑަކްޓެއްގެ މައުލޫމާތު އޮންލައިން ސްޓޯރުން ލިބޭނެ ކަމަށެވެ. އެގޮތުން އެ އެއްޗެހީގެ އަގާއި ބްރޭންޑް ފަދަ މުހިއްމު މައުލޫމާތުތައް ހިމެނެ އެވެ.

ކޮންމެ ކެޓަގަރީއެއްގައި އެ ކެޓެގަރިއަކާ ގުޅޭ ސާމާނު ވަކިން ފެންނަން ހުންނާނެ އެވެ. އަދި ގެންނަ ކޮންމެ އާ ސްޓޮކަކާއެކު ވެޓްސައިޓް ތާޒާވާނެ ކަމަށް ވެސް ބުންޏެވެ.

"މި ވެބްސައިޓުގެ އެހީގައި، ކަސްޓަމަރުންނަށް ދިމާވާ އުނދަގޫތަކާއި ކުންފުންޏަށް ދޭން ބޭނުންވާ އެކި މެސެޖުތައް ދެވޭނެ. ޕޭމަންޓުގެ ގޮތުގައި އޮންލައިން ޕޭމަންޓް ނުވަތަ ރެއިންބޯގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ،" ރެއިންބޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ކުންފުނިން ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އަހަރީ ދުވަހުގެ ޕްރޮމޯޝަން ފަށައިފަ އެވެ. އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް ރެއިންބޯއިން ބުންޏެވެ.

ވެބްސައިޓުން ގަންނަ މުދާ މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވާ ކޮށްދޭނެ ކަމަށް ރެއިންބޯއިން ބުންޏެވެ.