އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް
އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތުތަކާ ގުޅިގެން، އިންތިޚާބުގެ ހުރިހާ ކަމެއް އަލުން ބަލާފައިވާ ކަމަށާއި އެކަމަކު އިންތިޚާބު ބާތިލްކުރެވޭނެ ވަރުގެ މައްސަލައެއް ނުފެނުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް
އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް

އިންތިޚާބުގައި ރައީސް ޔާމީން ބަލިވިކަން ގަބޫލުކުރައްވައި، ކާމިޔާބު ކުރެއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ވިދާޅުވި ނަމަވެސް ފަހުން ވަނީ އިންތިޚާބާ މެދު ޝައްކުތަކެއް އުފައްދަވައިފަ އެވެ. އެއާއެކު، އިންތިޚާބުގެ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިޚާބު ބާތިލްކޮށް އާ އިންތިޚާބެއް ބާއްވަން ޕީޕީއެމުން އަންނަނީ މަދު ބަޔަކާ އެކު ކޮންމެ ރެއަކު އަޑުއުފުލަމުންނެވެ.

އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް
އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް

އަދި ޕީޕީއެމުން ކޯޓަށް ހުށަހަޅައިގެން އިންތިޚާބު ބާތިލްކުރަން އުޅޭ އަޑުތަކާ އެކު ރައްޔިތުންގެ ތެރޭގައި ވަނީ ނުތަނަވަސްވެރިކަން އުފެދިފަ އެވެ.

އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް
އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު: ޝަރީފް

ޝަރީފް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އިންސާފުވެރި އިންތިޚާބުގެ ގޮތުގައި ދިވެހިރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ބަލައިގަނެފައިވާ އިންތިޚާބާ މެދު ޕީޕީއެމުން ތުހުމަތު ކުރި ނަމަވެސް އިއްޔެއާ ހަމައަށް އެ ކޮމިޝަނަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އެ ކޮމިޝަންގެ މެމްބަރުންނާ މެދު ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި ޝައްކު އުފައްދަމުންދާތީ، އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުތަކާއި ޝަކުވާތައް އަލުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުރާޖައާ ކުރިއިރު ވެސް އިންތިޚާބުގެ ނަތީޖާ އަށް އަސަރުކުރާ ވަރުގެ އެއްވެސް ކަމެއް، އިންތިޚާބު ބާތިލް ކަމަށް ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ފެންނާކަށް ނެތް،" ޝަރީފް ވިދާޅުވި އެވެ.

"އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުން ވެސް މަކަރު ހަދާފައިވާ ކަމުގެ ސާބިތު ހެއްކެއް ފެންނާކަށެއް ނެތް."

އެހެންކަމުން ޕީޕީއެމުން ތުހުމަތުކުރާ ގޮތަށް، އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޝަރީފް ތަކުރާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ދާއިމީ ނަތީޖާ، ވަކިވަކި ފޮށިތަކުގެ ތަފްސީލްތަކާ އެކު މިހާރު ވާނީ ޕާޓީތަކާ ހިއްސާކޮށްފަ އެވެ. އެ ނަތީޖާ އަށް ބަލާއިރު، މަކަރެއް ހަދާފައިވާ ނަމަ އެއީ ކޮން ދިމާލަކުން ކަން ސާފުވާނެ ކަމަށާއި ހެކި ހުރި ނަމަ މައްސަލަ ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިންތިޚާބީ ނިޒާމް ބައްޓަންވެފައި އޮތީ، އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލެވޭ ގޮތަކަށް ނޫނެވެ. މިފަހަރުގެ އިންތިޚާބުގައި، އެހެން ފަހަރުތަކާ ތަފާތު ކަމެއް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެއީ، މި އިންތިޚާބަކީ، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންގެ ކުރިމަތީގައި ވޯޓު ގުނި އިންތިޚާބަށް ވުމެވެ.

"އަޅުގަނޑު އިންތިޚާބުގެ ކަންކަމުގައި މި ހޭދަކުރި 20 އަހަރުގެ ތެރޭގައި މިހާ ގިނަ މީހުން ވޯޓު ގުނާ މަންޒަރު ބަލަން ވަދެތިބި ތަނެއް އަޅުގަނޑު ނުދެކެން،" ޝަރީފް ވިދާޅުވި އެވެ.

މި އިންތިޚާބުގައި 472 ވޯޓު ފޮށި ބެހެއްޓިއިރު، އޮބްޒާވަރުންގެ ގޮތުގައި 6،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އަދި ކޮންމެ ފޮއްޓެއްގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި މީޑިއާތަކުގެ މީހުން ވެސް ތިއްބެވެ.

"މިހާ ބޮޑަށް، ހުޅުވާލައިގެން ބޭއްވި އިންތިޚާބެއް ނޯންނާނެ. އަޅުގަނޑު ވަރަށް އުފާ ވެސް ވޭ، އިންޓަނޭޝަނަލް ބައެއް އޮބްޒާވަރުން ފާހަގަކޮށްފައި އެބަހުރި، ތިމަންނަމެންގެ ގައުމުތަކަށް ވުރެން މާ ޓްރާންސްޕޭރެންޓު ކޮށްނޭ ވޯޓު ގުނުމާއި ވޯޓުލުން ކުރިއށް ގެންގޮސްފައި ހުރީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓުގެ ފަހުން ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހެޅި 123 މައްސަލަ ބަލައި ވަކިވަކިން ވާނީ ޖަވާބުދީފައި ކަމަށެވެ. އެއްވެސް މީހަކަށް ޖަވާބު ނުދެވި އޮތް ނަމަ، އެއީ ޖަވާބު ބަލާ ނައިސްގެން ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިއިން އެއްވެސް ޝަކުވާއަކުން ވެސް އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ ކަމެއް ނުފެނެ އެވެ.

"އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ދައްކަނީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން. މި އިންތިހާބުގެ ނަތީއާ ދޭތެރޭގައި ރައްޔިތުން ކަންބޮޑުވެގެން ނޫޅޭ. މިއުޅެނީ ވަރަށް މަދު އަދަދެއްގެ ބަޔަކު ނުފޫޒެއް، މަގްސަދެއް، ހާސިލްކުރަން،" ރައީސް ޔާމީނަށް 96،000 ވޯޓު ލިބިވަޑައިގަތްއިރު، އިންތިޚާބު ސައްހަ ނޫން ކަމަށް ވާހަކަ ދައްކައި އަޑު އުފުލަނީ ކިތައް މީހުންތޯ ސުވާލު އުފައްދަވައި ޝަރީފް ވިދާޅުވި އެވެ.

"މި ރިޔާސީ އިންތިޚާބު ނިމިގެން ދިޔަ ގޮތާ މެދު ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ނެތް. ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ޝަކުވާއެއް ވެސް ނެތް،" ޝަރީފް ވިދާޅުވި އވެ.