09 އޮކްޓޯބަރ 2018 - 21:38

ނިއު ދިއްލީ (އޮކްޓޯބަރު 9) - އިންޑިއާގެ އެއާޕޯޓްތަކުގައި ތިބޭ ސިފައިންނާއި ފުލުހުން ޕަސިންޖަރުންނަށް މާބޮޑަށް ހިނިތުން ނުވާން އަންގައިފި އެވެ.
ޕަސިންޖަރުންނާ ދިމާލަށް ސަލާމަތީ ފަރާތްތަކުން ހިނިތުންވެ މަޖާ ނުކުރަން އެންގީ އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ. އެއީ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ ހިތްހެޔޮކަމުގެ ނާޖާއިޒް ފައިދާ ނަގައި ޓެރަރިސްޓް ހަމަލާއެއް ފަދަ ކަމަކަށް މަގު ފަހިކޮށްފާނެތީ އެވެ.
އިންޑިއާގެ އެއާޕޯޓްތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް އިން ބުނީ ސަލާމަތީ ފަރާތްތަކުގެ ހިނިތުންވުމަށް ވުރެ ބޮޑަށް ބޭނުންވަނީ އެ މީހުން ސަމާލުވެ ތިބުން ކަމަށެވެ.
އޮގަނައިޒޭޝަންގެ ޑިރެކްޓާ ޖެނެރަލް ރާޖޭޝް ރަންޖަން ވިދާޅުވީ ސެޕްޓެމްބަރު 11 ގެ ހަމަލާ ވެސް ދީފައި ވަނީ ސަލާމަތީ ފަރާތްތަކުގެ "ރަހުމަތްތެރިކަމުގެ" ފައިދާ ނަގައިގެން ކަމަށެވެ.
އިންޑިއާ ސިފައިންނަށް މީގެ ކުރިން ވެސް ވަނީ ތަފާތު އެންގުންތައް އަންގައިފަ އެވެ. އޭގެ ތެރޭގައި ކަރްނާޓަކާގެ ސްޓޭޓް ރިޒާވް ޕޮލިސްގެ އޮފިސަރުން ހިކެން ވަނީ މިދިޔަ ޖުލައި މަހު އަންގައިފަ އެވެ. ނޫން ނަމަ ވަޒީފާ އިން ސަސްޕެންޑްކޮށްފާނެ ކަމަށް އިންޒާރު ދީފައިވެ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ވަނީ މަދްޔަ ޕްރަދޭޝްގެ ފުލުހުން މަތިމަސް ދިގު ކުރާ މަތިން އިތުރަށް ފައިސާ ދީފަ އެވެ.