އަހަރީ ދުވަހާ ދިމާކޮށް ރެއިންބޯގެ ހާއްސަ ޕްރޮމޯޝަނެއް
އަހަރީ ދުވަހާ ދިމާކޮށް ރެއިންބޯގެ ހާއްސަ ޕްރޮމޯޝަނެއް

ރެއިންބޯ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އަހަރީ ދުވަހާ ދިމާކޮށް ރެއިންބޯގެ ހާއްސަ ޕްރޮމޯޝަނެއް
އަހަރީ ދުވަހާ ދިމާކޮށް ރެއިންބޯގެ ހާއްސަ ޕްރޮމޯޝަނެއް

ފަރުނީޗަރު ވިއްކުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނީގެ 28 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނީގެ ހަތަރު ފިހާރައަކުން ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަަށް ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފަ އެވެ.

ޑިސްކައުންޓް ދޭން ނިންމާފައިވަނީ ރެއިންބޯ ބިލްޑް ވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމް ފިހާރައިން ކުރާ ވިޔަފާރިތަކަށެވެ.

ފަރުނީޗަރުގެ އިތުރުން ގެއަަަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ވެސް، ހެޔޮ އަގެއްގައި ރެއިންބޯގެ ފިހާރަތަކުން ލިބޭނެ އެވެ.

ރެއިންބޯގެ އޮންލައިން ސްޓޯރު ވެސް މިއަދު ވަނީ ލޯންޗުކޮަށްފަ އެވެ. އެ ސްޓޯރުން، ފިހާރަތަކުގައި ވިއްކަން ހުރި ސާމާނާއި އެ އެއްޗެހީގެ އަގުތައް އެނގި ފަސޭހައިން ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.