ގޭގައި އިނދެގެން ވެސް ދެން ފަލި ޖެހިދާނެ
ގޭގައި އިނދެގެން ވެސް ދެން ފަލި ޖެހިދާނެ

ކަސްރަތަށް އޮންނަ ޝައުގުވެރިކަމާ އެކު އެކި ބާވަތުގެ ކަސްރަތު އާންމުވެއްޖެ އެވެ. މީގެ ތެރެއިން އެއް ކަމަކީ ފަލި ޖެހުމެވެ. އެކަމަކު މިއީ މޫދަށް ނުގޮސް ވެސް މިހާރު ކުރެވިދާނެ ކަމެކެވެ. ގޭގައި އިނދެގެން، އެހެން މީހުންނާ ބައިވެރިވެގެން ފަލި ޖަހައިގެން ކަސްރަތު ކުރެވޭނެ މެޝިނެއް ބާޒާރަށް ނެރުމަށް މިހާރު އެބަ ފައްކާ ކުރެ އެވެ.

ގޭގައި އިނދެގެން ވެސް ދެން ފަލި ޖެހިދާނެ
ގޭގައި އިނދެގެން ވެސް ދެން ފަލި ޖެހިދާނެ

ފަލިޖަހައިގެން ކަސްރަތުކުރާނެ މެޝިން ވިއްކާތާ ކިތަންމެ ޒަމާނެއްވެއްޖެއެވެ. އެކަމަކު ގޭގައި އެކަނި އިނދެގެން ފަލިޖެހުމަކީ މާ ގަޔާވާ ކަމަކަށްނުވެއެވެ. ހައިޑްރޯ ފަރުމާކޮށްފައި ވަނީ ޓީމުތަކާއެކު ތަމްރީނުކުރެވޭ ގޮތަށެވެ. މި މެޝިންގައި ހިމެނޭ 22 އިންޗީގެ 1080 ޕިކްސަލްގެ ޓަޗްސްކްރީންގެ ސަބަބުން، ކޯރުގައި ފަލިޖަހާލުމުގެ އިހުސާސްކުރުވައެވެ. ބޭނުން ނަމަ އެމެރިކާގެ ފަލިޖަހާ ގައުމީ ޓީމްގެ ތަމްރީންތަކުގައި ވަގުތުން ބައިވެރިވެވިދާނެއެވެ. ނުވަތަ ރިކޯޑްކޮށްފައިވާ އިވެންޓެއްގައި ފަލިޖަހާލަންވީއެވެ. ފަލިޖަހަން ދަސްކޮށްދޭ ކޯޗެއްގެ އެހީތެރިކަމާއެކު ވެސް އެކަން ކުރެވިދާނެ އެވެ. ކުރިމަތިން ކޯރު ފެންނަ ގޮތަށް އިނދެގެން ވެސް ފަލިޖެހިދާނެއެވެ.

ގޭގައި އިނދެގެން ވެސް ދެން ފަލި ޖެހިދާނެ
ގޭގައި އިނދެގެން ވެސް ދެން ފަލި ޖެހިދާނެ

ހައިޑްރޯ ފަލިޖަހާ މެޝިން އުފައްދާފައިވަނީ އެހެން މީހުންނާ ވެސް ވާދަކުރެވޭނެ ގޮތަށެވެ. ލީޑަ ބޯޑަށް ނަން އަރާ ގޮތަށް، މީގެ މެޝިން ގެންގުޅޭ އެހެން މީހުންނާ ރޭސް ޖަހާލެވެއެވެ. މިކަމަށް މަގުފަހިކޮށްދެނީ ޓަޗްސްކްރީންގައިވާ މައިކާއި 2 މެގަޕިކްސަލްގެ ކެމެރާއެވެ.

ހައިޑްރޯ ފަރުމާކޮށްފައިވަނީ އެލުމިނިޔަމާއި ސްޓީލް ފްރޭމަކުންނެވެ. ކަވަރު ހަދާފައިވަނީ ޕޮލިމާއިންނެވެ. މީގައި ހިމެނޭ ގްލައިޑިން ސީޓް ހަދާފައިވަނީ މައިކްރޯޕްރޮސެސަރުން ކޮންޓްރޯލްކުރާ އިލެކްޓްރޯ މެގްނެޓިކް ރެސިސްޓަންސް ސިސްޓަމެއް ހިމެނޭ ގޮތަށެވެ.

މީގެ އަޑުވެސް ވަރަށް މަޑެވެ. ހައިޑްރޯގެ ބަރުދަނުގައި ހުންނަނީ 59 ކިލޯއެވެ. ބަރުދަނުގައި 170 ކިލޯ ހުންނަ މީހުންނަށް މި މެޝިން ބޭނުންކުރެވޭނެ އެވެ. މި މެޝިން ބާޒާރަށް ނެރޭނީ އަންނަ އަހަރު އެވެ.