އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!
އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!

މާލެ އާއި ރަށްފުށުގެ ފަރަގު އެއީ، ދިވެހިންނަށް ހިތްދަތި ހަގީގަތެކެވެ؛ މާލޭގެ އިއްޒަތްތެރި ބޭފުޅުންނާއި "ރާއްޖެތެރޭ"ގެ ދެރަ ނިކަމެތިންނެވެ. އެއާ އެކު، ތަރައްގީ އާއި ސިއްހީ އަދި ތައުލީމީ ޚިދުމަތާއި ވަޒީފާގެ ފުރުސަތުތަކުގައި އިންތިހާ ދަރަޖައިގެ ތަފާތު ކުރުންތަކެވެ. މަރުކަޒީ ސަރުކާރަށް ބާރުތައް ޖަމާކޮށް، ވަސީލަތްތަކުގެ މިލްކުވެރިކަން ރަށްރަށުގެ މީހުންގެ ކިބައިން ނިގުޅައިގަތުމެވެ. މިކަންކަމާ ގުޅިފައި ވަނީ، ހައްގުތަކުން ބީވުމުން، ހިތްތަކުގައި ބިންވަޅު ނެގިފައިވާ ހިތްދަތި އެތައް ހާދިސާތަކެކެވެ.

އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!
އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!

އެކަމަކު އެއީ، މާޒީ ކަމުގައި ދެކެން ހިނގާށެވެ!

އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!
އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!

ތަހުޒީބާ އެކު އެއްވެސް ކަމެއްގައި ތަފާތުކުރުން ގެންގުޅޭކަށް ދިވެހިން ނޭދެ އެވެ. އެކަމުގެ ހެޔޮފާލަކީ، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސަކަށް، ޅ. ހިންނަވަރު، ނޫރާނީއާގޭ، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، 54، އިންތިޚާބު ކުރުމެވެ. މިއީ، ރާއްޖޭގެ ތާރީޚުގައި ވެސް މާލެ ނޫން ރަށަކަށް ނިސްބަތްވެވަޑައިގެންނެވި ފުރަތަމަ ރައީސެވެ. މާލެ އަށް އުފަން، މާލޭގެ އިއްޒަތްތެރި އާއިލާއެއްގެ، ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވީ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!
އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!

އެންމެ ދެ އަތޮޅު ފިޔަވައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އަޣުލަބިއްޔަތާ އެކު އިބޫ ޖުމްލަ 134،705 ވޯޓު ހޯއްދެވި އެވެ. ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވި 38،000 ވޯޓަކީ ވެސް ތާރީޚީ އަދަދެކެވެ.

އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!
އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!

އެކަމަކު އެއަށްވުރެން ބޮޑަށް، އެތައް ބައެއްގެ ހިތަށް ފިނިކަން ގެނެސްދިން ބަދަލަކީ، ވެރިކަމަށް އަތޮޅު ތެރެއިން ބޭފުޅަކު ވަޑައިގަތުމެވެ. ވޭތުވެދިޔަ 100 ވަރަކަށް އަހަރު، އެ ފަޚުރާއި ޝަރަފު މުޅިން ވެސް އޮތީ މާލޭގެ ބޭފުޅުންނަށެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ދުވަސްވަރުން ފެށިގެންނެވެ.

އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!
އަތޮޅުތެރޭ ރައީސެއް: ތަފާތުކުރުން މާޒީއަށް!

މިހެން މިކަން އޮތަސް، އަތޮޅުތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ނައިބު ރައީސް ކަން ކުރައްވާފައިވެ އެވެ. އޭގެތެރޭގައި، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް، ފުވައްމުލަކަށް އުފަން ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ތިން ވަނަ އަށް އެ މަގާމަށް އައްޔަން ކުރެއްވި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވަ އެވެ. ޖިހާދު ނިސްބަތްވެވަޑައިގަންނަވަނީ ގދ. ތިނަދު އަށެވެ.

ދެން ނައިބު ރައީސަކަށް ވެވަޑައިގަންނަވާ ފައިސަލް ނަސީމަކީ ފުވައްމުލަކު ބޭފުޅެކެވެ.

އަތޮޅުތެރެއަށް ނިސްބަތްވާ ބޭފުޅަކު ރައީސަކަށް ހޮވިވަޑައިގަތުމަކީ އެތައް ހާސް ދިވެހިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމެވެ.

ރޮކެޓް ސްޕީޑުގައި، ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާ އެކު ދެން އޮތް ފަސް އަހަރު ވެސް ކުރިއަށް ދެވެން އޮތެވެ. އެމަނިކުފާނުގެ އަމާޒަކީ، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ، ދުބާއީ އާއި ސިންގަޕޫރު ފެންވަރަށް ތަރައްގީ ކުރެއްވުމެވެ. ގުދުރަތީ ވަސީލަތްތައް ގުރުބާންކޮށްގެން ނަމަވެސް ކޮންކްރީޓް ތަރައްގީ އެވެ. ކުޅިތަކާއި ފަޅުތައް ހިއްކައިގެން އެއާޕޯޓުތަކެވެ. އެކަމަށް ތާއީދުކުރާ ބަޔަކު ވެސް އެބަ ތިއްބެވެ.

ދެ ވަނަ އިޚްތިޔާރެއްގެ ގޮތުގައި އޮތީ، "ޖަޒީރާ" ކޮންސެޕްޓް ނުވަތަ ޖަޒީރާވަންތަ ތަރައްގީ އެވެ. ދިވެހިންގެ ރަށްވެހި ދިރިއުޅުމެވެ. އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ވިސްނައިދިނީ، ޖަޒީރާވަންތަ ކަމަށް ފުރަގަސްދީގެން ތަރައްގީ ހޯދެން ނެތް ކަމެވެ. ރާއްޖެ ތަރައްގީ ކުރަން ޖެހޭނީ ގުދުރަތީ ވަސީލަތްތަކުން ކަމެވެ. އެ އަތޮޅެއް، ނުވަތަ ރަށެއްގައި ހިމެނޭ ވަސީލަތްތަކުގެ ނަފާ ރައްޔިތުންނަށް ލިބޭނެ ލާމަރުކަޒީ ނިޒާމަށް އަމާޒު ހިފައިގެން ކަމެވެ.

ދެން ހުށަހެޅީ ނޫ އިގްތިސާދުގެ ސިޔާސަތެކެވެ. އެއީ، ގުދުރަތާ، އެއްކީއްޔަށް ތަރައްގީ ކުރުމެވެ. ގަސްތައް ކަނޑައި ކުޅިތައް ހިއްކައި ފަނާކުރަނިވި ތަރައްގީއާ މުޅިން ދުރުވެ، ކަނޑުތަކާއި ފަރުތަކާއި އެއްކުލައިން އިގްތިސާދު ފަރުމާ ކުރުމެވެ.

އިބޫގެ ކެމްޕޭންގައި، ރަނިން މޭޓު އަދި މިހާރު އިންތިޚާބީ ނައިބު ރައީސް ފައިސަލްއާ ދެ ބޭފުޅުން، މި ކޮންސެޕްޓާ އެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ދިވެހިންގެ ހިތް އަތުލެއްވި އެވެ.

އެންމެ ގާތުން ދިވެހިންގެ ހާލަތު ވަޒަން ކުރެއްވި އެވެ. ފިނި ކޮޓަރީގައި އިންނަވައިގެން އަމުރު ކުރައްވާ، ޒަމާންވީ އާދަ ބަދަލު ކުރައްވާނެ ކަން އިހްސާސް ކޮށްދެއްވި އެވެ. ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް އަޑުއެއްސެވި އެވެ. އަތޮޅުތަކަށް ހައްގު މިންވަރު ހޯދައިދީ، އުއްމީދުތައް ފުރިހަމަކޮށްދެއްވަން ވައުދުވެވަޑައިގަތެވެ.

މި ވައުދުތަކަށް، އާނބަސް ބުނީ، އިބޫގެ ސާދާ ދިރިއުޅުއްވުން ވެސް ރައްޔިތުންނަށް އެނގޭތީ އެވެ. ވަރަށް ކުޑައިރު ބައްޕަ ނިޔާވުމާ ގުޅިގެން ހިންނަވަރު ދޫކޮށް، މާލެ ހިޖުރަކުރެއްވީ ތައުލީމް ހާސިލްކުރައްވާށެވެ. ހާލަތު ނިޔާކުރި ގޮތުން އާއިލާގެ 12 ބޭފުޅުންގެ ޒިންމާ ވެސް ނަންގަވަން ޖެހިވަޑައިގަތީ އިބޫ އަށެވެ. އަދިވެސް އެކަން އޮތީ އެގޮތުގަ އެވެ. ތައުލީމީ ހަޔާތް ނިންމަވާލައްވައި، ސިޔާސީ ދާއިރާގައި ހޭދަކުރެއްވި 25 އަހަރުގެ ތަޖުރިބާ، ހެޔޮވެރިކަމެއް ކުރައްވަން ރައްޔިތުންނަށް ފުދެ އެވެ.

އަތޮޅުތެރޭގެ ފުރަތަމަ ރައީސް އިންތިޚާބުކޮށް، ކިޔަމުން އަންނަ ހޫނު މަރުހަބާއާ ގުޅިފައި ވަނީ އެތައް އުއްމީދުތަކެކެވެ. އެއީ، މާލެ އާއި އަތޮޅުތެރެ ތަފާތު ކުރުމުގައި، މާޔޫސްވެފައި ތިބި އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އިބޫ، އަތޮޅު ތެރެއަށް ނިސްބަތްވާ ރައީސަކަށް ވުމަކުން އެކަންޏެއް ނޫނެވެ. ރާއްޖެ އަށް ދިވެހިން އެދޭ ބަދަލު، ގެނެސްދެއްވަން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމުގެ ފޮނި ހުވަފެންތައް ވެސް ދައްކާފައިވާތީ އެވެ.

"ވެރިކަމާ މިހާރު އެ ހަވާލުވަނީ، ރާއްޖެތެރޭ މީހުންގެ ހާލަތު ފެނިފައި ހުންނާނެ ރާއްޖެތެރޭ ރައީސެއް. އެހެންވީމަ މި ފަސް އަހަރު ވަރަށް ތަފާތުވާނެ ކަމަށް މިބަލަނީ. ކެމްޕޭން ކުރީ ވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަން ފާހަގަކުރެވުނު. އޭގެ ނަތީޖާ ވެސް ފެނިއްޖެ. އުއްމީދަކީ ﷲގެ އިރާދަފުޅާ އެކު ތިޔަ ހަވާލުވި ޒިންމާ ފުރިހަމަކަމާއި ތެދުވެރިކަން މަތީ އަދާކޮށްދިނުން. އިބޫގެ ވެރިކަމުން، ރަނގަޅު އިބުރަތެއް ހާސިލްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަން،" "ރާއްޖެތެރޭ ރައީސް"ގެ ޓެގާ އެކު ފަޚުރުވެރިވެ، ސޯޝަލް މީޑިއާގައި މީހަކު ލިއެފައިވެ އެވެ.

އަނެކަކަށް އުފާ ލިބެނީ، ޒަމާނުއްސުރެން ރާއްޖޭގައި އޮންނަ "ބޭފުޅުޒަމް" އުވި، އެ މީހަކު އުފަންވާ ރަށެއް ނުވަތަ އާއިލާއެއްގެ ސަަބަބުން، ކާމިޔާބީ ހޯދަން އޮތް ހުރަސްތައް ނެތިގެންދާނެތީ އެވެ.

"ދެން އަހަރެމެން ބޭނުންވާ ކަމަކީ، ޒަމާނުއްސުރެން މާލެ އަށް ޖަމާކޮށްފައިވާ ގައުމު ހިންގުމުގެ ބާރު، އަތޮޅުތަކަށް ބަހާލައި ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުން. ރާއްޖެ ޕްރޮވިންސްތަކަކަށް ބަހައިގެން ތަރައްގީ ކުރުން. ތަފާތުކުރުމެއް ނެތި، ރާއްޖެ ހއ. އިން ފެށިގެން އައްޑުއާ ހަމައަށް ތަރައްގީ ކުރުން،" އެހެން މީހަކު ހިޔާލުފާޅުކުރި އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރި އަދި މާލެ އާއި އަތޮޅުތަކުގެ ތަފާތުކުރުން ނައްތާލަން އަޑުއުފުލާ ޝައްމޫން ޖަލީލް (ލޫކަސް) ދެކޭ ގޮތުގައި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން މައި ސަރުކާރުގައި ސަލާން ޖަހަން ނުޖެހޭ ގޮތަށް ކަންކަން ހަމަޖައްސަން ޖެހެ އެވެ. މާލެ އާއި އަތޮޅުތަކުގެ ތަފާތު ކުރުމުގައި ހަނދާނުން ފިލުވާލަން ދަތި، އެތައް ތަކުލީފެއް ދިވެހިން އުފުލާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ރައީސް އިބޫގެ ވެރިކަމުގައި އެންމެ ބޮޑަށް އުއްމީދުކުރަނީ، އަތޮޅުތަކަށް ބާރުތައް ލިބޭ ލާމަރުކަޒީ ނިޒާމް ރާއްޖޭގައި ގާއިމްވުން،" އޭނާ ބުންޏެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް، އަލީ ނަޒީރު ވިދާޅުވީ މާލެ ފިޔަވައި އެހެން ރަށްރަށުގެ މީހުންނަކީ ވިސްނުމާއި ހުނަރު އަދި ކުޅަދާނަ ކަމުގެ ގޮތުން ނިކަމެތި ބައެއް ކަމުގައި ދެކިގެން ތަފާތު ކުރުން ގެންގުޅުނު ޒަމާނެއް ދިޔަ ކަމަށެވެ. އެކަމަކު ނަޒީރު މިހާރު ގަބޫލުކުރައްވަނީ، "ހައިސިއްޔަތުގެ ގޮތުން ތަފާތުކުރުން އެއީ މާޒީ" ކަމަށެވެ.

"އެގޮތަށް [އަތޮޅުތެރޭގެ ރައްޔިތުންނަކީ ނިކަމެތި ބައެއް ކަމަށް] އެކަން ދެކިގެން ތިބީ ހަމައެކަނި މާލޭގެ ގަދަރުވެރި އާއިލާތަކުން އެކަންޏެއް ވެސް ނޫން. ޚުދު އަތޮޅުތެރޭގެ މީހުން ވެސް އެގޮތަށް ގަބޫލު ވެސް ކުރި. އަދި އެގޮތުގެ މަތިން ހައްގުތަކާއި ފުރުސަތުތައް ދިނުމުގައި ތަފާތުކުރުން ގެންގުޅުނު. ނަމަވެސް އެއީ މާޒީ. މިހާރު އެފަދަ ބޯދާ ވިސްނުންތައް ގެންގުޅެ ބަޔަކު އުޅޭ ކަމަކަށް ނުފެނޭ. ނަމަވެސް މިހާރު ވެސް ތަފާތުކުރުންތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"މި ތަފާތު ކުރުންތަކަކީ އަޅުގަނޑުމެންގެ ނިޒާމު ބައްޓަންވެފައި އޮތް ގޮތުންނާއި އަޅުގަނޑުމެންގެ ތެރޭގައި ހަރުލާފައި ހުރި ބައެއް އާދަތަކާއި ސިޔާސީ މާހައުލު ބައްޓަންވެފައި އޮންނަ ގޮތުން އުފެދޭ ތަފާތުތަކެއް. މިކަންކަން ހައްލުކުރަން ބޭނުންވަނީ މި ތަފާތުތަކުގެ ތެރޭގައި އުޅެވި މި ތަފާތުތައް އިހުސާސްކުރެވިފައި ހުރި މީހެއް."

އެއީ، އިބޫ ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެފަދަ ތަފާތުކުރުންތައް ނައްތާލައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހިންނަށް ހައްގު މިންވަރު ހޯދައިދޭން އޮތް ހައްލަކީ ލާމަރުކަޒީ ނިޒާމެވެ. އެ ނިޒާމްގެ ތެރެއިން ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލައިގެން އަތޮޅުތައް ހިންގަން ކަނޑައެޅީ ސަބަބުތަކަކާ ހެދި އެވެ. މި ބާރުތައް، ރައްޔިތުންނަށް ދޫކުރައްވަން ކެރިވަޑައިގަންނަވާ ރައީސަކަށް އިބޫ ވެވަޑައިގަންނަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތަކަށް ހައްގުވާ މިންވަރަކީ އަތޮޅުތައް ހިންގުމުގައި އޮތް ހައްލަކީ ގާނޫނުއަސާސީގައިވާ ގޮތަށް ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގުން،" އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަހައްދުގެ އާބާދީ ބޮޑުވެ، ބިމުގެ ދަތިކަން ތަހައްމަލް ކުރަން ޖެހި އިޖުތިމާއީ ތަފާތު މައްސަލަތަކަކާ ކުރިމަތިލާން ޖެހުމުގެ އަސްލަކީ މާލެ އާއި އަތޮޅުތަކުގެ ތަފާތުކުރުން ކަމަށް ބުނެވޭނެ ޖާގަ އެބަ އޮތެވެ. ބޭނުން ވަނީ، ސަރަހައްދީ ތަރައްގީ އަށް އިސްކަންދޭނެ ސިޔާސަތުތަކެކެވެ.

ދިވެހިރާއްޖޭގެ ވެރިކަމަކީ "މާލޭގެ ބޭފުޅަކަށް" މިލްކުވެފައި އޮންނަ އެއްޗެއް ނޫނެވެ؛ އެކަން ދިވެހިން ސާބިތުކޮށްދީފި އެވެ. ދެން އޮތީ، ތަފާތުކުރުން ނައްތާލައި ދިވެހިންނަށް ހައްގު މިންވަރު ހޯއްދަވައި ދެއްވުމުގެ ވައުދު އިބޫ ފުރިހަމަ ކޮށްދެއްވުމެވެ.

"ޖަޒީރާވަންތަ ގޮތަކަށް ރާއްޖެ ތަރައްގީކުރާއިރު އެއްވެސް ރަށެއް ތަފާތެއް ނުކުރާނަން،" ކެމްޕޭން ޖަލްސާއެއްގައި ބ. ގޮއިދޫގައި އިބޫ ވިދާޅުވި އެވެ.

އެކަން އެނގޭނީ ކުރިއަށް އޮތް ފަސް އަހަރުގަ އެވެ.