07 އޮކްޓޯބަރ 2018 - 15:59

ކޮލަމްބޯ (އޮކްޓޯބަރު 7) - ގަޑިއަށް އެންމެ ބަރާބަރަށް ފުރުމުގެ އެވޯޑް ސްރީ ލަންކަން އެއާލައިންސް އަށް ލިބިއްޖެ އެވެ.
ލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ވޯލްޑްސް މޯސްޓް ޕަންކްޗުއަލް އެއާލައިން"ގެ އެވޯޑް ސްރީ ލަންކަން އަށް ދީފައި ވަނީ ފްލައިޓް ޑޭޓާ އެނަލިސިސް ކުންފުންޏެއް ކަމަށްވާ ފްލައިޓްސްޓެޓުން ކަމަށެވެ. ފްލައިޓްސްޓެޓުން ބުނި ގޮތުގައި ސެޕްޓެމްބަރު މަހު ސްރީ ލަންކަން އިން 91.37 ޕަސެންޓް ފްލައިޓް ގަޑިއަށް ފުރާފައިވެ އެވެ.
ފްލައިޓްސްޓެޓުން ވަނީ ޔޫރަޕާއި ނޯތު އެމެރިކާ، އޭޝިއާ، މެދުއިރުމަތި އަދި ސައުތު އެމެރިކާގެ 41 އެއާލައިނެއްގެ ޑޭޓާ އެއްކޮފަ އެވެ.
"ގަޑިއަށް ފުރުމަކީ އެއާލައިނުން އެންމެ އިސްކަން ދޭ އެއްކަންތައް. އެއީ ހުރިހާ ޑިޕާޓްމަންޓެއްގެ ޕާފޯމެންސް މޮނިޓާކޮށް ކޯޑިނޭޓް ކުރުމުގެ ސްޓްރަކްޗާގެ ފުރިހަމަކަން،" ސްރީ ލަންކަންގެ ބަޔާނުގައި ބުނެފައިވެ އެވެ.