ފަސް ބިލިއަން ޑޮލަރުގެ މިސައިލް ސިސްޓަމަށް އިންޑިއާ- ރަޝިޔާ އެއްބަސްވެއްޖެ
ފަސް ބިލިއަން ޑޮލަރުގެ މިސައިލް ސިސްޓަމަށް އިންޑިއާ- ރަޝިޔާ އެއްބަސްވެއްޖެ

ނިއު ދިއްލީ (އޮކްޓޯބަރު 6)- ރަޝިޔާގައި އުފައްދާ އެސް-400 އެއާ ޑިފެންސް ސިސްޓަމް ގަތުމަށް އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

ފަސް ބިލިއަން ޑޮލަރުގެ މިސައިލް ސިސްޓަމަށް އިންޑިއާ- ރަޝިޔާ އެއްބަސްވެއްޖެ
ފަސް ބިލިއަން ޑޮލަރުގެ މިސައިލް ސިސްޓަމަށް އިންޑިއާ- ރަޝިޔާ އެއްބަސްވެއްޖެ

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ސޮއިކުރެއްވި ފަސް ބިލިއަން ޑޮލަރުގެ އެއްބަސްވުމާ މެދު އެމެރިކާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ވޮޝިންޓަނުން ކުރިން ބުނަމުން ދިޔައީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އޮތް ރަޝިޔާ އިން ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިންޑިއާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލުޔަކަށް އެދިފަ އެވެ. ޕެންޓަގަންގެ އޮފިޝަލަކު ކުރިން ވިދާޅުވެފައި ވަނީ އިންޑިއާ ހިމާޔަތް ކުރަން އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް އެ ގުޅުން ހީނަރުވެގެން ދާނީ ރަޝިޔާ އިން ހަތިޔާރު ގަންނަ ނަމަ ކަމަށެވެ.

ޗައިނާ އިން ވެސް މިދިޔަ މަހު ވަނީ ރަޝިޔާގެ އެސް-400 އެއާ ޑިފެންސް މިސައިލް ސިސްޓަމް ގަނެފަ އެވެ.

ޔޫކްރޭނުގެ ކްރައިމިއާ އަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެމެރިކާ އިން ވަނީ މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާ އިން ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ވެސް އެމެރިކާ އިން ފިޔަވަޅު އެޅުން ހިމެނެ އެވެ.