ސަލްމާން ހާނާ ރައްޓެހިވި ކަމަށް ބުނާ ވާހަކަ ޝިލްޕާ ޝެޓީ ދޮގުކޮށްފި
ސަލްމާން ހާނާ ރައްޓެހިވި ކަމަށް ބުނާ ވާހަކަ ޝިލްޕާ ޝެޓީ ދޮގުކޮށްފި

ސަލްމާން ހާނާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ޝިލްޕާ ޝެޓީ ދޮގުކޮށްފި އެވެ.

ސަލްމާން ހާނާ ރައްޓެހިވި ކަމަށް ބުނާ ވާހަކަ ޝިލްޕާ ޝެޓީ ދޮގުކޮށްފި
ސަލްމާން ހާނާ ރައްޓެހިވި ކަމަށް ބުނާ ވާހަކަ ޝިލްޕާ ޝެޓީ ދޮގުކޮށްފި

ކައިވެންޏެއްކޮށް މިހާރު ހަ އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި 43 އަހަރުގެ ބަތަލާ ބުނީ އެކުގައި ފިލްމުތަކެއް ކުޅުނު ނަމަވެސް، ސަލްމާނާ އެކު އެއްވެސް އިރެއްގައި ލޯބީގެ ގުޅުމެއް ނުބާއްވާ ކަމަށެވެ. އަދި ދުވަހަކު ވެސް ދެ މީހުން ޑޭޓަކަށް ވެސް ގޮސްފައި ނުވާނެ ކަމަށް ޝިލްޕާ ބުންޏެވެ.

ސަލްމާނާ އެކު "ޕިރް މިލޭގީ" އާއި "ގަރްވް" އަދި "ޝާދީ ކަރްކޭ ޕަސް ގެޔާ" ފަދަ ފިލްމުތައް ކުޅުނު ޝިލްޕާ ބުނީ ސަލްމާނަކީ އަބަދު ވެސް ގާތް ރައްޓެއްސެއް ކަމަށެވެ. އަދި އޭނާއަކީ އާއިލާއާ ވެސް އަބަދު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ އާއިލީ ރައްޓެއްސެއް ކަމަށް ވެސް ޝިލްޕާ ބުންޏެވެ.

"އޭނަ ކުރީގަ ވަަރަށް ގިނައިން އަހަރެމެންގެ ގެއަށް ގޮސް އުޅޭނެ. ބައެއް ރޭރޭ ތަންކޮޅެއް ދަންވާ ފަހުން ގެއަށް ގޮސް ބައްޕައާ އެކު ވެސް ވަގުތު ހޭދަ ކުރާނެ،" އެމެޒޯން ޕްރައިމް އިން މިހާރު ސްޓްރީމް ކުރާ ޝިލްޕާ ހޯސްޓްކޮށްދޭ "ލަވް މީ ހިއާ" ގެނެސްދޭން ފެށިތަނާހެން މީޑިއާތަކުގައި ފެތުރެން ފެށި ވާހަކަތަކަށް އިޝާރާތްކޮށް ޝިލްޕާ ބުންޏެވެ. "ގިނަ ރޭ ރޭ ސަލްމާން ދާ އިރު އަހަރެން އޮންނާނީ ނިދާފައި."

އޭނާ ބުނި ގޮތުގައި ބައްޕަ މަރުވުމުން އެކަމާ އެންމެ ބޮޑަށް ހިތާމަކުރި އެކަކީ ވެސް ސަލްމާނެވެ. އަދި ސަލްމާނާއި ޝިލްޕާގެ އާއިލާއާ ދެމެދު ބަދަހި ގުޅުމެއް އޮންނަ ކަމަށް ބުންޏެވެ. ދާދި ފަހުން ސޮނީ ޗެނެލުން ނިންމައިލި ސަލްމާންގެ "ދަސް ކާ ދަމް" ޝޯގައި ވެސް ޝިލްޕާ މި ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.

"އަހަރެން އަބަދު ވެސް ދެކެނީ ސަލްމާނަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށް. އަދި އޭނައަކީ ވަރަށް ހިތްހެޔޮ މީހެއް،" ވިޔަފާވެރިޔާ ރާޖް ކުންދުރާއާ 2009 ގައި ކައިވެނި ކުރި ބަތަލާ ބުންޏެވެ.

ސަލްމާން ސީރިއަސްކޮށް ލޯބީގެ ގުޅުން ބޭއްވި ބަތަލާއިންގެ ތެރޭގައި ކުރީގެ ބަތަލާއިން ކަމަށްވާ ސަންގީތާ ބިޖިލާނީ އާއި ސޯމީ އަލީގެ އިތުރުން ބޮލީވުޑްގައި މިހާރު ވެސް ވިދާ އައިޝްވާރިޔާ ރާއީ އާއި ކެޓްރީނާ ކެއިފް ހިމެނެ އެވެ.

އަދި ރޮމޭނިއާގެ ސެލެބްރިޓީއެއް ކަމަށްވާ އޫލިއާ ވަންތޫރަކީ ވެސް ސަލްމާނާ ސިއްރު ގުޅުމެއް އޮންނަ މީހެއް ކަމަށް ވާހަކަ ދެކެވެ އެވެ. އުމުރުން މިހާރު 52 އަހަރުގެ ސަލްމާން މިހާތަނަށް ކައިވެންޏެއް ނުކުރެ އެވެ.